ކުއްލި ޚަބަރު

މޫސުމީ ދޫނިތައް ހިފާނަމަ ރިޕޯޓްކުރަން ހާއްސަ ހޮޓްލައިނެއް

މާލެ ސަރަހައްދުގައި އާދަޔާ ޚިލާފަށް ވައި ނުސާފުވެ، ރެޑް އެލާޓްގައި

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފި

މާފަންނު ބޮޑުގެ ސަރަހައްދުގައި އިމާރާތްކުރާ މަސްޖިދުއްދަޢްވާގެ ބިންގާ ރައީސް އަޅުއްވައިދެއްވައިފި

439153 4b6b2167 0

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މަސްޖިދުއްދަޢްވާގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަސްޖިދުއްދަޢްވާގެ ބިންގާ އަޅުއްވައިދެއްވީ މިކަމަށްޓަކައި މިއަދު މެންދުރުފަހު، މާފަންނު މުއިވެޔޮދޮށުގެ (ބޮޑުގެ) ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

8،973.33 އަކަފޫޓު ބޮޑުމިނުގައި އިމާރާތްކުރާ މިމިސްކިތުގައި އެއްފަހަރާ 1250 މިހުންނަށް ނަމާދުކުރެވޭނެއެވެ. މި މިސްކިތުގައި ނަމާދުކުރާ ސަރަޙައްދުގެ އިތުރުން ލައިބްރަރީއަކާ، 3 ކުލާސްރޫމާ، ކޮންފަރެންސް ހޯލަކާ، އޮފީހެއްވެސް ހިމެނެއެވެ. މި މިސްކިތް ފަރުމާކުރެވިފައިވަނީ، ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށް މިސްކިތައް ވަދެނުކުމެ އުޅުމަށް ބޭނުންވާ ވަޞީލަތްތަކާވެސް އެކުގައެވެ.

މި މިސްކިތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 540 ދުވަހުގެ ތެރޭގައެވެ. މި ޕްރޮޖެކްޓަށް ފަންޑުކުރައްވަނީ، މުޙަންމަދު ޢާދިލް، ނިޒާރު އަޙްމަދު، ޒީބާ ސަޢީދު އަދި ރަޙްމަތުﷲ އެވެ.

މާފަންނު ބޮޑުގެ ބިމުގައި ބިނާކުރަނީ، 4 ފަންގިފިލާގެ ދާއިމީ މިސްކިތެކެވެ. 1250 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ގޮތަށް ތަރައްޤީ ކުރާ ޒަމާނީ މިސްކިތަކީ، ގިނަ ވަސީލަތްތަކަކާއެކު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ މިސްކިތެކެވެ. އެގޮތުން މިސްކިތުގެ ގްރައުންޑް ފްލޯގައި މައި ނަމާދު ކުރާ ބައި، ވުޟޫ ކުރާ ސަރަޙައްދު އަދި ފާޚަނާ ބަރި ހެދުމަށް ހަމަޖެހިފައިވާއިރު، މެޒެނީން ބުރީގައި އަންހެނުން ނަމާދު ކުރާ ބައި، އެއްވަނަ ބުރީގައި ނަމާދު ކުރާ ބައި، އިޢުތިކާފް ސަރަޙައްދު ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މިސްކިތުގެ ދެވަނަ ބުރީގައި 150 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި، ޒަަމާނީ ކްލާސްރޫމްތަކެއްގެ އިތުރުން ލައިބްރަރީއަކާއި، އެޑްމިން އޮފީސް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިސްކިތުގެ ޓެރަސްއަކީވެސް ނަމާދު ކުރާ ގޮތަށް ޤާއިމްކުރާ ބައެކެވެ.

މި މިސްކިތުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެވޭނެ އިންތިޒާމް ޤާއިމް ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އެފަދަ ފަރާތްތަކަށް ބޭނުންކުރެވޭނެ ފާޚާނާ އަދި ވުޟޫ ކުރާ ސަރަޙައްދު ޤާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މިސްކިތުގެ ބޭނުންކުރާ ފަރާތްތަކުގެ ލުއިފަސޭހައަށް މިސްކިތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

450669 284f1999 a

ވާނުވާ ބަންދުގައި އަހަރު ދުވަސްވީ މައްސަލަތައް މާޗް މަހަށް ނިންމަނީ

Mm

ކުރިން ދޫކޮށްފައިވާ ގޯތިތަކަށް ދައްކަންޖެހޭ ފައިސާގެ ބައެއް އުނިކުރާނަން: ރައީސް

450137 83a3e02a 3

ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްސަ ކުދި ފިލްމުތައް އުފެއްދުމުގެ ގައުމީ މުބާރާތެއް ބާއްވަނީ

449352 f9826891 4

މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ރައީސް ނިންމަވައިފި

TTH_advertisement