ކުއްލި ޚަބަރު

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން ޕީއެންސީން ފޯރިގަދަ ބޮޑު ޖަލްސާއެއް ބާއްވަނީ

ރައްޔިތުން ބޭނުންވާ ގޮތަށް ހުޅުދޫ އާއި މީދޫ ވަކި ކައުންސިލްތައް އުފައްދަން ރައީސް ނިންމަވައިފި

ލަންޑަނުގައި ރާއްޖެ އިޝްތިހާރުކުރަން ޚާއްސަ ކެމްޕޭނެއް

ޣައްޒާއަށް ވަރުގަދައަށް ބޮންއަޅަނީ، 8 ކުޑަކުދިންނާއެކު މިހާތަނަށް 21 މީހުން ޝަހީދު

އިސްތިއުމާރީ ސިފައިން ޣައްޒާއަށް ބޮންއަޅަނީ:

ނަތަންޔާހޫގެ އަމުރަށް އިސްތިއުމާރީ ސިފައިން ޣައްޒާގެ އެކި ހިސާބުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.

ޣައްޒާގެ އުތުރުން ގާޒަ ސިޓީއަށާއި، ޣައްޒާގެ ދެކުނުގެ ހިސާބުތަކަށް އަސްކަރީ ޖެޓުތަކުން ވަރުގަދައަށް ބޮން އެޅުމުގެ އިތުރުން އެކި ހިސާބުތަކަށް ބޮޑުބަޑީގެ ހަމަލާތައްވެސް ދީފައި ވެއެވެ.

ޣައްޒާ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، ހަމަލާތަކުގައި 21 މީހުން ޝަހީދުވެ އިތުރު 50 މީހުން ޒަޚަމްވި ކަމަށެވެ.

ޝަހީދުވި މީހުންގެ ތެރޭގައި 8 ކުޑަކުދިންވެސް ހިމެނެއެވެ.

ހަމަލާތައް މުޅިންވެސް އަމާޒުކުރަމުން ގެންދަނީ އާންމުން ދިރިއުޅެ ސަރަހައްދުތަކަށް ކަމަށް، ޣައްޒާ ސިވިލް ޑިފެންސުން ބުނެއެވެ.

އިސްތިއުމާރީ ސިފައިން ޣައްޒާއަށް ވައިގެ ހަމަލާތައް ދޭން މިފެށީ، ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހަމާސްއިން ޚިލާފްވެފައިވާ ކަމަށް ބުނެ، މުޖުރިމު ނަތަންޔާހޫ އެކަމަށް އަމުރު ކުރުމުންނެވެ.

ހަމާސްއިން އެއްބަސްވުމާ ޚިލާފްވާ ކަމަށް ނަތަންޔާހޫ ބުނަނީ، މަރުވެފައިވާ އިސްރާއީލު ގައިދީންގެ ހަށިތައް ހަވާލުކުރުން ލަސްވާތީއެވެ.

މީގެއިތުރުން، އިސްރާއީލު ސިފައިންނަށް ހަމާސްއިން ޣައްޒާގެ ދެކުނުގައި ހަމަލާ ދެމުންގެންދާ ކަމަށްވެސް އިސްރާއީލުން ބުނެއެވެ.

ޣައްޒާގެ ދެކުނުން ރަފަހްގައި މިދިޔަ ހަފްތާގައި އިސްރާއީލު ސިފައިންގެ ދެމީހަކު މަރާލައި އިތުރު ބަޔަކު ޒަޚަމްކޮށްލީ ހަމާސްއިން ކަމަށް އިސްރާއީލު ބުނި ނަމަވެސް ހަމާސްއިންވަނީ އެ ވާހަކަ ދޮގުކޮށްފައެވެ.

އަނެއްކާ، އަންގާރަ ދުވަހުވެސް ރަފަހްގައި އިސްރާއީލު ސިފައިންގެ ގްރޫޕަކަށް ބަޔަކުވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ހަމާސްއިން ބުނަނީ އެއީ އެމީހުންގެ ކަމެއް ނޫން ކަމަށެވެ.

މިފަދަ އެތައް ތުހުމަތުތަކެއް ހަމާސްގެ ބޮލުގައި އަޅުވައި، ނަތަންޔާހޫއާއި، އޭނާގެ ޑިފެންސް މިނިސްޓަރ ގެންދަނީ، ޣައްޒާއާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމަށް ތައްޔާރު ވަމުންނެވެ.

ޣައްޒާއާ ދެކޮޅަށް އަލުން ހަނގުރާމަ ފަށާކަން އިސްރާއީލުން އެމެރިކާއަށްވެސް މިހާރު އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި އިސްރާއީލު މައިތިރި ކުރެވޭތޯ އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލު ރުއްސުމަށްޓަކައި އެމެރިކާއިން ބުނެފައިވަނީ، އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދިނަސް އެއީ ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފްވުން ނޫން ކަމަށެވެ.

އެއްބަސްވުން ދެމި އެބައޮތް ކަމަށްވެސް އެމެރިކާއިން މިރޭވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެއްބަސްވުމާ އިސްރާއީލު ޚިލާފްވާ ކަމަށް ޓްރަމްޕް އެއްބަހެއް ނުވި, ގަތުލުއާންމުތަކަށް ދެއްކީ ކަނުލޮލެއް

ރޭޕް ވީޑިއޯ ލީކްކޮށްލުމަކީ އިސްރާއީލުގެ ޕީއާރަށް މިހާތަނަށް ދެވުނު އެންމެ ނުރައްކާރެރި ހަމަލާ: ނަތަންޔާހޫ

ޣައްޒާ ރައްޔިތުންގެ އުންމީދު ފަނޑުވަނީ، މިއަދުވެސް ޚާން ޔޫނިސްއަށް ވަރުގަދަ 10 ހަމަލާ

ރެއިން ފެށިގެން މިހާތަނަށް 104 މީހުން ޝަހީދު، ބޮންއެޅުން ހުއްޓާލާފައި ބުނީ އެއްބަސްވުންމަތީ ތިބިކަމަށް

TTH_advertisement