އެމެރިކާގެ އަސްކަރިއްޔާގެ ހެލިކޮޕްޓަރަކާއި ނޭވީ ފައިޓާ ޖެޓެއް ވެއްޓިއްޖެއެވެ.
މި ދެ ބޯޓު ވެއްޓިފައިވަނީ ޗައިނާގެ ދެކުނަށް އޮންނަ ކަނޑަށެވެ. މި ދެ ބޯޓު ވެއްޓިފައިވަނީ ތަފާތު ދެ ހާދިސާއެއްގައި ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން މައުލޫމާތު ދެއެވެ.
އެންމެ ފުރަތަމަ ވެއްޓިފައިވަނީ, އާއްމުކޮށް އެ ސަރަހައްދުގައި ކުރިއަށްގެންދާ ޕެޓްރޯލުތައް ކުރުމަށް ފޮނުވި ’60R ސީ ހޯކް’ ހެލިކޮޕްޓަރެވެ. މި ހެލިކޮޕްޓަރު ވެއްޓުނުއިރު އޭގައި ތިބި ތިން ފަސިންޖަރުން ވެސް ވަނީ އެއް ވެސް ސީރިއަސް އަނިޔާއެއް ނުލިބި ސަލާމަތް ވެފައެވެ.
ހެލިކޮޕްޓަރު ވެއްޓުނުތާ 30 މިނެޓު ފަހުން އެމެރިކާގެ ‘F/A-18F ސުޕަރ ހޯނެޓް ފައިޓާ’ ޖެޓެއް ވަނީ ވެއްޓިފައެވެ. މި ޖެޓު ވެސް ވެއްޓިފައިވަނީ ހަމަ އާދައިގެން ޕެޓްރޯލިންއަށް ނިކުމެ އުޅެނިކޮށެވެ. މި ޖެޓު ވެއްޓުނުއިރު އޭގައި ތިބި ދެ މީހުން ވަނީ ސީޓުން އިޖެކްޓުވެގެން އެ އެކްސިޑެންޓުން ސަލާމަތްވެފައެވެ.
ކައިރިކައިރީގައި ދެ މަތިންދާ އުޅަނދު ވެއްޓުމާއެކު އެމެރިކާގެ އަސްކަރިއްޔާއިން އަންނަނީ މި މައްސަލަ ވަރަށް ކައިރިން ބަލާ, ތަހުގީގުކުރަމުންނެވެ. މި ދެ އުޅަނދު ވެއްޓެން މެދުވެރިވި ސަބަބެއް އަދި އެ އަސްކަރިއްޔާއިން ހާމައެއް ނުކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު