ކުއްލި ޚަބަރު

ރާއްޖެ ސަރަހައްދުން ލަންކާގެ 2 މަސް ބޯޓު ހިފަހައްޓައިފި

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

އިންޑިގޯއިން ޓްރިވެންޑްރަމުން މާލެއަށް ކޮންމެ ދުވަހަކު ދަތުރުތައް ބާއްވަނީ

އިންޑިއާގެ އެންމެ ބޮޑު އެއް އަމިއްލަ އެއާރލައިން ކަމަށްވާ އިންޑިގޯއިން، ޓްރިވެންޑްރަމާއި މާލެއާ ދެމެދު ކޮންމެ ދުވަހަކު ދަތުރުތައް ބޭއްވުމަށް ނިންމައިފިއެވެ.

މި ދަތުރުތައް ފެށުމަށް ނިންމީ އިންޑިއާއާއި މާލެއާ ދެމެދު ދަތުރުކުރާ ފަރާތްތަކުގެ ޑިމާންޑް އިތުރުވެފައިވާތީ އެކަމަށް ބެލުމަށްފަހުކަމަށް އިންޑިގޯއިން ބުނެއެވެ.

ޓްރިވެންޑްރަމަކީ އިންޑިގޯއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށި 4 ވަނަ ސިޓީއެވެ. މީގެ ކުރިން އިންޑިގޯއިން އަންނަނީ ބެންގަލޫރު، ކޮޗިން، އަދި މުމްބާއީއަށް ދަތުރުތައް ބާއްވަމުންނެވެ. މިހާރު އިންޑިގޯއިން މާލެއާއި އިންޑިއާ އާ ދެމެދު ހަފްތާއަކު ޖުމްލަ 28 ފްލައިޓް ބާއްވަމުންދެއެވެ.

މި ރޫޓުގައި އިންޑިގޯއިން ބޭނުންކުރަނީ އޭޓީއާރު 72-600 މަރުކާގެ ބޯޓެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް މެންދުރު 12:00ހާއިރު ފްލައިޓް ޓްރިވެންޑްރަމުން ނައްޓާލާނެކަމަށާއި، މި ފްލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް 13:15ހާއިރު ޖައްސާނެކަމަށް އިންޑިގޯއިން ބުނެއެވެ. އަދި އެނބުރި ޓްރިވެންޑްރަމަށް ދާން މާލެއިން ފުރަނީ 14:05ހާއިރު ކަމަށްވެސް އިންޑިއޯއިން ބުނެއެވެ.

އަވައްޓެރި އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން ކުރިއަށް އޮތީ ފަތުރުވެރިކަމުގެ ހައި ސީޒަންކަމުން، އިންޑިއާގެ އެކި ކަންކޮޅުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މި ދަތުރުތަކާއެކު އިތުރުވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް އިންޑިގޯއިން ބުނެއެވެ.

އިންޑިގޯއިން ޓްރިވެންޑްރަމުން މާލެއަށް ޑެއިލީ ދަތުރުތައް ފަށާފައިވާއިރު، ރާއްޖޭގެ ޤައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަނުން މިހާރުވެސް އިންޑިއާގެ ޓްރިވެންޑްރަމަށް ސީދާ ދަތުރުތައް ބާއްވަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

India

އިންޑިޔާއަށް ދަތުރުކުރުމުގެ ކުރިން އެރައިވަލް ކާޑު ފުރުމަށް ޚާރިޖީ ވުޒާރާއިން އިލްތިމާސްކޮށްފި

ރާއްޖެއާއި އިންޑިއާ ދެމެދު ދިފާއީ ގުޅުން ވަރުގަދަކުރަން މަޝްވަރާކޮށްފި

އެސްބީއައިން ނަގާފައިވާ 50 މިލިޔަން ޑޮލަރުގެ ޓީ ބިލް ފަސްކޮށްދީފި

އިންޑިޔާގެ އެލްއޯސީ އަދާކުރުމުގައި ބޮޑު ފަސޭހައެއް ހަމަޖައްސައިފި

TTH_advertisement