ކުއްލި ޚަބަރު

ވާނުވާ ބަންދުގައި އަހަރު ދުވަސްވީ މައްސަލަތައް މާޗް މަހަށް ނިންމަނީ

ކުރިން ދޫކޮށްފައިވާ ގޯތިތަކަށް ދައްކަންޖެހޭ ފައިސާގެ ބައެއް އުނިކުރާނަން: ރައީސް

ހުޅުމާލެ ފޭސް ތިނަކާއި ފަރުކޮޅުފުށި ގުޅުވާލައިފި

ޣައްޒާ މައްސަލާގައި ޓްރަމްޕާ ދެކޮޅަށް މެލޭޝިޔާގެ ވެރިރަށުގައި ވަރުގަދަ މުޒާހަރާތަކެއް ކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެލޭޝިޔާ އެއަަރޕޯޓްގައި:

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެލޭޝިޔާއަށް ޒިޔާރަތް ކުރުމާ ދެކޮޅު ހަދައި ވަރުގަދަ މުޒާހަރާތަކެއް ކޮށްފިއެވެ.

އެތައް ސަތޭކަ ބަޔަކު މިއަދުވަނީ ވެރިރަށް ކުއާލަލްޕޫރުގެ އިންޑިޕެންޑެންސް ސްކޮޔަރ އަދި އަމްޕަންގް ޕާކް ސަރަހައްދަށް އެއްވެ ޓްރަމްޕާ ދެކޮޅަށް އަޑު އުފުލާފައެވެ.

ޣައްޒާއާ ދެކޮޅަށް އިސްތިއުމާރީ އިސްރާއީލުން ކުރަމުންދާ ހަނގުރާމައަށް އެމެރިކާގެ ރައީސް ޓްރަމްޕް ފުރިހަމައަށް ތާއީދުކޮށް އެހީތެރިވަމުން ގެންދާތީ، މެލޭޝިއާގެ މަގުތަކަށް ނުކުތް އާންމުންވަނީ ޓްރަމްޕަށް ނުރުހުން ފާޅުކޮށް ރުޅިވެރިކަމުގެ ޝުއޫރުތައް ފާޅުކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެލޭޝިޔާއަށް ކުރާ ޒިޔާރަތަކީ، ކުއާލަލަމްޕޫރުގައި ބާއްވާ 47 ވަނަ އާސިއާން ސަމިޓްގައި ބައިވެރިވުމަށް ކުރާ ދަތުރެކެވެ.

އަދި މިއީ، ޓްރަމްޕް ދެވަނަ ފަހަރަށް ވެރިކަމަށް އައިފަހުން އޭޝިޔާއަށް ކުރާ ފުރަތަމަ ދަތުރުވެސް މެއެވެ.

ޣައްޒާ ހަނގުރާމައިގެ މައްސަލާގައި މެލޭޝިޔާގެ ރައްޔިތުން ގެންދަނީ ޓްރަމްޕް މެލޭޝިޔާއަށް އައުން ވަރަށް ބޮޑަށް ކުށްވެރި ކުރަމުންނެވެ.

އާންމުން ގޮވަމުން ގެންދަނީ، ޓްރަމްޕަކީ ފަލަސްތީނާއި، ލުބުނާނާއި، ޔަމަނާއި، ކޮންގޯއާއި އަދި ފިލިޕީންސްގައި ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތަކާއި، ނަސްލުނައްތާލުމުގެ ޖަރީމާތަކުގެ ކުށްވެރިއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގައި މިހާރު ހައިހޫނުކަމުގެ އާންމު ހާލަތެއް ނެތްކަމަށް، މޮނިޓަރިންގ ގްރޫޕުން ބުނެފި

ކޮންގްރެސްއަށްވެސް އަންގައިފި، ވެނެޒުއެލާއާ ދެކޮޅަށް އެމެރިކާއިން ހަނގުރާމަ ފަށަނީ

މޫސުން ގޯސްވެ ޣައްޒާއިން އިމާރާތެއް ވެއްޓި 17 މީހުން މަރުވެއްޖެ

ޣައްޒާ ފެނުއަޑީގައި އޮތްއިރުވެސް އާންމުން ބަނޑަށްޖެއްސުމަށް އިސްރާއީލުން މަސައްކަތް ކުރަނީ

TTH_advertisement