ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްކަންދަރު ސްކޫލު ”ޕްރޮފެޝަންސް ޑޭ” ހަރަކާތުގައި ފުލުހުން މައުލޫމާތު ދީފި

އިސްކަންދަރު ސްކޫލު ގްރޭޑް 1 އިން 5 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ”ޕްރޮފެޝަންސްޑޭ” ހަރަކާތުގައި ފުލުހުން ބައިވެރިވެ މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މިމަހު 25 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގެ މަގުސަދަކީ އެކި މުއައްސަސާތަކުން ކުރާ މަސައްކަތްތައް ދަރިވަރުންނަށް ދައްކައިލުމާއި އެ މަސައްކަތްތައް ކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ކުދިންނަށް ހިތްވަރުދިނުމާއި ކޮންމެ ދަރިވަރަކީ ވެސް މަސައްކަތްތެރިކަމަށް ލޯބިކުރާ އަދި މަސައްކަތްތެރި ކުއްޖަކަށްވުމުގެ ޝައުގު އުފެއްދުން ކަމަށެވެ.

މި ހަރަކާތުގައި، ޕަބްލިކް އެފެއާޒާއި ފޮރެންސިކް ސާވިސަސް އަދި ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން ބައިވެރިވެފައިވާ ކަމަށާއި އަދި އެ ޑިޕާޓްމަންޓުތަކުން ކުރަމުންދާ މަސައްކަތްތައް ދަރިވަރުންނަށް ދައްކައިލާ އަދި މަސައްކަތުގައި ބޭނުންކުރާ އާލާތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މިގޮތުން، ޓްރެފިކް ނިޝާންތަކާއި އެ ނިޝާންތަކުން އަންގައިދޭ ކަންކަން ކިޔައިދީފައިވެއެވެ. އަދި ފޮރެންސިކްގައި ބޭނުންކުރާ އަލާތްތައް ދައްކައިލާ އެ ތަކެތީގެ ބޭނުން ކިޔައިދީފައިވެއެވެ. އަދި މަގުމަތީގައި އުޅޭއިރު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ.

މި ހަރަކާތުގައި އެ ސްކޫލުގެ 928 ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ. މި ހަރަކާތަކަށް ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާވަށުން މީހަކު ހައްޔަރުކޮށްފި

އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

police

ފުލުހުން ސްކޭމްތަކާ ދެކޮޅަށް އޮޕަރޭޝަނެއް ފަށައިފި

Mussss

ދީނަށް ފުރައްސާރަކުރި އާމިރު ހޯދައި ނުފެނުނު!