ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

އާރުއާރުސީއިން ދެވަނަ ފަހަރަށް ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކޮށްފި

ރާއްޖޭގައި ކުޅޭ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމުގައިވާ، ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ)އިން ހޯދައިފިއެވެ.

އާރުއާރުސީއިން މި މުބާރާތުގެ ތަށި ދެވަނަ ފަހަރަށް މި އުފުލާލީ، ފައިނަލްގައި 7-5އިން އެސްޓީއޯ ބަލިކޮށްގެންނެވެ.

އާރުއާރުސީއިން 2021 ވަނަ އަހަރު މި މުބާރާތް ކާމިޔާބު ކުރުމަށްފަހު، ފާއިތުވި ދެ އަހަރުގެ ފައިނަލްގައި ވެސް ކުޅެފައި ވެއެވެ. ނަމަވެސް އެ ދެ ފަހަރު ވެސް ވެމްކޯގެ މައްޗަށް ކުރިލިބޭ ގޮތެއް ނުވިއެވެ.

ރޭގެ ފައިނަލް މެޗުގެ ކުރިން މި ދެ ޓީމު ވަނީ ގްރޫޕް ސްޓޭޖުގައި ވެސް ބައްދަލުކޮށްފައެވެ. އެ މެޗު ވެސް ކާމިޔާބުކުރީ އާރުއާއުސީއިންނެވެ.

މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ އެސްޓީއޯއަށް 9 އަހަރު ފަހުން ފައިނަލަށް ދަތުރުކުރެވުނުއިރު، އެ ތާރީޙު އިއާދަ ކުރުމަށް ހުރހަކަށްވީ އަލީ ޝާމިސް (ތޮއްޕޭ) އާއި އިރާނުގެ ކުޅުންތެރިޔާ މޮހްސިން މޮންތަޒޭމީ އާއި އަޙުމަދު އަފްލާޒް އާއި އާދަމް ނާސިހު (އާދަންނާ) ކާމިޔާބުކުރި ގޯލުތަކެވެ. މީގެ ތެރެއިން ޝާމިސް އާއި އަލްފާޒް ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ. މި މެޗުގައި އެސްޓީއޯގެ ކީޕަރު، މުޙައްމަދު ޒުހަލް އަތުން ބައިކޮޅަށް ވެސް ވަނީ ގޯލެއް ވަދެފައެވެ.

ހަތަރު ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އެސްޓީއޯގެ ގޯލުތައް ކާމިޔާބުކޮށްދިނީ އިސްމާއިލް އީސާ (މެސީ)، މުހައްމަދު އިމްރާން (އިންމި) އަދި އިރާނުގެ އަލީ ހޮދަދާދީއެވެ. މީގެ ތެރެއިން އިސްމާއީލް އީސާ ވަނީ ހެޓްރިކެއް ހަދާފައެވެ.

ނަވާރަ ވަނަ ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި އާރުއާރުސީއިން ހިމެނުނީ އަލްފާޒް އާއި އިބްރާޙިމް އަސްވަދު (ގަބޭ) އަދި ގޯލްކީޕަރު މުޙައްމަދު ލުފްސާން (ޕަފް)އެވެ. ދެން ހިމެނުނީ އެސްޓީއޯގެ އަލީ ހައިޝަމް (ޗުމްޕު) އާއި އެ ޓީމުގެ ހޮދަދާދީއެވެ.

އަދި މުބާރާތުގެ އެންމެ ޝަރަފުވެރި ކިންގުގެ މަޤާމު ހޯދީ އުމުރުން އެންމެ 19 އަހަރުގެ އާރުއާރުސީގެ އަލްފާޒްއެވެ.

މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހީ އާރްއާރްސީގެ އާދަމް ނަސީހު އާއި ފައިނަލުގައި އަނިޔާވެގެން ދަނޑުން ބޭލި ޝަނާން ރަޝާދުއެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ 9 ގޯލު ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަޤާމު އާރްއާރްސީގެ އިސްމާއިލް ޝަރީފް (އިއްސެ)އަށް ލިބުނުއިރު، ފެއާރޕްލޭ ޓީމަކަށް ހޮވުނީ އެސްޓީއޯއެވެ. އަދި ފެއާރޕްލޭ ކުޅުންތެރިއަކަށް ހޮވުނީ މޯލްޑިވިއަންގެ އިބްރާހިމް ނަދާދު (ކުޑައްޓޭ)އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކީ މޯލްޑިވިއަންގެ މުޙައްމަދު އަބްދުﷲ (މޯޑު)އެވެ.

މި ފަހަރުގެ ކިންގްސް ކަޕް ކާމިޔާބުކުރި އާރުއާރުސީއިން ފައިނަލަށް ދަތުރުކުރީ ރައުންޑް-އޮފް-16ގައި، ދެ ފަހަރުގެ ޗެމްޕިއަންކަން ހޯދާފައިވާ ޔުނައިޓެޑް ބީއެމްއެލް ބަލިކުރުމަށްފަހުއެވެ. އޭގެ ފަހުން ކުއާޓާރގައި އެމްއޭސީއެލް ބަލިކޮށް، ފައިނަލުން ޖާގަ ހޯދީ ސެމީގައި ބޮޑު ތަފާތަކުން މޯލްޑިވިއަން ރެކްރިއޭޝަން ކްލަބް ބަލިކުރުމަށްފަހުއެވެ.

އެސްޓީއޯވެސް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ވަރުގަދަ މެޗުތަކަކަށް ފަހުއެވެ. އެގޮތުން ފާއިތުވި ދެ ފަހަރު މުބާރާތް ކާމިޔާބުކުރި ވެމްކޯ ރައުންޑް-އޮފް-16ގައި ބަލިކުރުމަށްފަހު، ކުއާޓާރގައި ވަނީ އެމްޓީސީސީ ބަލިކޮށްފައެވެ. އަދި ފައިނަލުން ޖާގަ ހޯދީ ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އެމްޕީއެލް ބަލިކުރުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

STO

އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 186 މިލިއަން ރުފިޔާ

ބަންކަރިން ހިދުމަތުން 192 މިލިއަން ރުފިޔާގެ އާމްދަނީއެއް އެސްޓީއޯއަށް ލިބިއްޖެ

ސެމީއިން ކެޓިޔަސް އެމްޕީއެލް ދެއްކީ މޮޅު ހިއްވަރުގަދަ ކުޅުމެއް

ކްލަބް މޯލްޑިވްސް ކަޕް: ކުއާޓާ ފައިނަލްގެ ޖާގައެއް އެސްޓީއޯ ކަށަވަރު ކޮށްފި

TTH_advertisement