ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

އެއްބަސްވުމާ ޚިލާފްވެ، މިއަދުވެސް ޣައްޒާގެ އެކި ހިސާބުތަކުގައި އުދުވާނުތައް ހިންގަނީ

ޣައްޒާގެ އުތުރުގެ ޖަބަލިއާ ރެފިއުޖީ ކެމްޕް ސަރަހައްދު:

އިސްތިއުމާރީ ޓެރަރިސްޓުން މިއަދުވެސް ޣައްޒާގައި އުދުވާނުތައް ހިންގަމުން އެބަ ގެންދެއެވެ.

ޣައްޒާގެ އެކި ހިސާބުތަކަށް އެއްގަމު މަގުން އަރައިގެންއުޅޭ ޓެރަރިސްޓުން އާންމުންގެ ގެތަކާއި އިމާރާތްތަކުގައި ގޮވާތަކެތި ހަރުކޮށް ގޮއްވަމުން ގެންދާ ކަމަށް، ޣައްޒާއިން ލިބޭ ޚަބަރުތައް ބުނެއެވެ.

އެންމެ ގިނަ އިމާރާތްތައް ގޮއްވަމުން ގެންދަނީ ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގައެވެ.

ގޮވާތަކެތި ހަރުކޮށް ގެތަކާއި އިމާރާތްތައް ގޮއްވަމުން ގެންދާއިރު، އާންމުންނަށާއި، އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ބޮޑުބަޑީގެ ހަމަލާތައްވެސް ގެންދަނީ ދެމުންނެވެ.

އަދި ބައެއް ސަރަހައްދުތަކުން އާންމުންގެ ގަޔަށް ބަޑިވެސް ގެންދަނީ ޖަހަމުންނެވެ.

ޣައްޒާގެ މެދުތެރޭ ބުރެއިޖް ރެފިއުޖީ ކޭމްޕް ސަރަހައްދުން މިއަދުވެސް އާންމުންގެ މީހެއްގެ ގަޔަށް ބަޑިޖަހައި ޒަޚަމްކޮށްލާފައި ވާއިރު، ރަފަހްގައި ޓެރަރިސްޓުން ބަޑިޖަހައި ކުޑަކުއްޖަކުވެސް ޒަޚަމްކޮށްލާފައި ވެއެވެ.

އަދި ޖަބަލިއާ ރެފިއުޖީ ކޭމްޕް ސަރަހައްދުންވެސް އާންމުންގެ ގަޔަށް ބަޑިޖަހާފައި ވެއެވެ.

ޣައްޒާގެ އުތުރު ގާޒާ ސިޓީގެ އައްސޭރިފަށުގައި އުޅުނު ތިން މަސްވެރިޔަކު ހައްޔަރުކޮށް، އެމީހުން ގެންގުޅުނު ހުރިހާ ސަމާނެއްވެސް ޓެރަރިސްޓުންވަނީ ހަލާކުކޮށްލާފައެވެ.

މިއީ، ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފަށް ޓެރަރިސްޓުން ހިންގަމުންގެންދާ އުދުވާނުތަކެވެ.

ޣައްޒާގެ އެކި ހިސާބުތަކުގައި މިފަދަ އުދުވާނުތައް ހިންގަމުން ގެންދާއިރު، ދޭތެރެ ދޭތެރެއިން ޣައްޒާގެ އެކި ތަންތަނަށް ވައިގެ ހަމަލާތައްވެސް ދެމުން ގެންދެއެވެ.

ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން ހުއްޓުވައި އަދި އެހީ އެތެރެކުރާ ހުރިހާ މަގުތަކެއްވެސް އިސްތިއުމާރީ ބާރުން ވަނީ ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާއިން މިއަދުވެސް 8 މީހުން ޝަހީދުކޮށްލައިފި، ރޭގަނޑު މީހުން ނިދަންތިއްބައި ދޭ ހަމަލާތައް އިތުރުކޮށްފި

ނަތަންޔާހޫ މިނަށްވުރެ އަނގަގަދައީ: އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް

Ist2

ހުޅަނގު އައްސޭރީގެ އިސްތިއުމާރު އިތުރަށް ފުޅާކުރަން އިސްރާއީލުން ނިންމި ނިންމުން ދުނިޔެއިން ކުށްވެރިކުރަނީ

ޣައްޒާގެ އެކި ހިސާބުތަކަށް ވަރުގަދަ ހަމަލާތަކެއްދީ މިއަދުގެ މިހާތަނަށް 20 މީހުން ޝަހީދުކޮށްލައިފި

TTH_advertisement