ކުއްލި ޚަބަރު

ހައިކޯޓުގެ ފަނޑިޔާރުކަމުން ނިޔާޒް ރިޓަޔާކުރައްވައިފި

ބޭސް ކުންފުނީގެ ޗެއާޕާސަން ކަމަށް ހަލީމް، ބީސީސީގެ ޗެއާޕާސަން ކަމަށް ޝަހީދު

އަމާން އުދަރެސް ޓަވަރު 6ގައި އާބަން ޕްރައިމަރީ ހެލްތް ކެއާ ސެންޓަރެއް ގާއިމްކުރަން ނިންމައިފި

ޑިސެމްބަރު ފަހުކޮޅު އައްޑޫ ޝަންގްރިއްލާ ހުޅުވަން ތައްޔާރުވަނީ

Mal

ބަންދުކޮށްފައި އޮންނަތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އައްޑޫ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ މި އަހަރުގެ ކުރިން ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ތޯރިގު ވަނީ ޝަންގްރިއްލާ ގްރޫޕުގެ އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓުގެ ވެރިޔާ ކްރިސް ފޮންގް އާއި ޝަންގްރިއްލާ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ހާވް ޑުބޯސްކްއާއެކު އިއްޔެ ބައްދަލުކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ޝަންގްރިއްލާ ރިސޯޓު ޑިސެމްބަރު ފަހުކޮޅު ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

2020 ވަނަ އަހަރު ކޮވިޑް-19ގެ އާލަމީ ވަބާއާ ގުޅިގެން ބަންދުކުރި ރިސޯޓު އަލުން ނުހުޅުވި ގިނަ ދުވަސްވުމަކީ އައްޑޫ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. އަދި އެއީ ނިމުނު އެމްޑީޕީ ސަރުކާރުގައި އަލުން ހުޅުވައިދޭން ވައުދުވެ ނުކުރެވި އޮތް ކަމެެކެވެ.

އަދި ޝަންގްރިލާ ރިސޯޓު އަލުން ހުޅުވައި އޮޕަރޭޝަނަށް ގެނައުމަށް މަގުފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

2009 ވަނަ އަހަރު އައްޑޫ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑްއަށް ރިސޯޓު ތަރައްގީކުރަން ދޫކުރި އައްޑޫ ވިލިިނގިލީގައި ތަރައްގީކުރި ޝަންގްރިލާ ރިސޯޓު ބަންދުކުރިއިރު އެތަނުގައި 500 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދިޔައެވެ.

އެ ރިސޯޓު އަލުން ހުޅުވުމުން އައްޑޫގެ އިގުތިސާދަށް އިތުރު އާރޯކަން ލިބޭނެކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މަންފާ މުޅި ރާއްޖެއަށް ފެތުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށްވެސް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ޓޫރިޒަމް މިނސިްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

addu

އޮޕަރޭޝަން އަލިމަގު: އައްޑޫން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

B

ވިހެއުމުގެ ތެރޭގައި ނިޔާވި ޒުވާނާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

Dd

ރާއްޖޭގައި އިންޓަނޭޝަނަލް ސަބްމެރީން ކޭބަލް ލޭންޑިން ސްޓޭޝަނެެއް ގާއިމުކުރަން ގޫގުލްއިން ނިންމައިފި

އައްޑޫ ހިތަދޫގައި މިސްކިތަކަށް ގެއްލުންދިން މައްސަލަ ބަލާ ފިޔަވަޅު އަޅާނެ: ޝަހީމް

TTH_advertisement