ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަސް މިލިއަން ގަސް ޕްރޮގްރާމް: 16 މަސް ތެރޭ ސްޓެލްކޯ އިން 70،000އަށްވުރެ ގިނަ ގަސް އިންދައިފި

Mal

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާހުކޮށްދެއްވި “ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް”ގެ ދަށުން ސްޓެލްކޯއިން 16 މަސް ދުވަހުގެ ތެރޭގައި 70،000އަށްވުރެ ގިނަ ގަސް އިންދައިފިއެވެ.

ސްޓެލްކޯއިން ބުނީ ‏ސަރުކާރުގެ “ފަސް އަހަރުން ފަސް މިލިއަން ގަސް” ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ފަށާފައިވާ ހަރަކާތުގައި، މިދިޔަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މިއަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނިން ޚިދުމަތްދޭ ރަށްރަށުގައި ޖުމްލަ 74،282 ގަސް އިންދާފައިވާ ކަމަށެވެ.

ސަރުކާރުން އަމާޒުކޮށްފައިވާ އަދަދަށް ވާސިލުވުމަށްޓަކައި ސްޓެލްކޯއިން ދެން ބާކީ އިންދަން ޖެހެނީ 425،718 ގަހެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔާތް ކުރުމަށް ސްޓެލްކޯ އިން އަންނަނީ ބޮޑު އެއްބާރުލުމެއް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް