ކުއްލި ޚަބަރު

އެމްބިއުލާންސަށް ދިޔަނުދީ މަގު ބްލޮކްކޮށްގެން މުދާ ބާލަން މަޑުކުރި ޕިކަޕް ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

އެމޭޒަންއާއި އަލީ އެކްސްޕްރެސް ބްލޮކް ނުކުރޭ، ފަތުރަނީ ދޮގު ވާހަކަތަކެއް!

ހަތަރު ރަށަކަށް ބޭނުންވާ ޖަނެރޭޓަރުތައް ގެނެސްފި

ތެލަސީމިއާ އެލަވަންސްގެ ގޮތުގައި 1000 ރުފިޔާގެ އެލަވަންސެއް ދޭން ފަށާނެ: ރައީސް

ތެލަސީމިއާ އެލަވަންސްގެ ގޮތުގައި އަންނަ އަހަރު 1000 ރުފިޔާގެ އެލަވަންސެއް ދޭން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ލ.ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ ތެލަސީމިއާ ކުދިންނަށް ޚާއްސަކޮށްގެން އަލައް އެލަވަންސްއެއް ދިނުމަށް ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ.

މިގޮތުން ރައީސް ވިދާޅުވީ ތެލަސީމިއާ އެލަވަންސްގެ ގޮތުގައި އަންނަ އަހަރު ކޮންމެ ކުއްޖަކަށް 1000 ރުފިޔާގެ ރޭޓުން އެލަވަންސެއް ދިނުމަށް ނިންމަވާފައިވާކަމަށެވެ. އަދި މި އެލަވަންސް ދިނުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި 11.7 މިލިޔަން ރުފިޔާ ހިމެނުމަށް ނިންމާފައިވާކަމަށެވެ.

“އެކުދިންނަށް މި ފައިސާ ލިބޭނެ. އިމާރާތްތަކާއި މިފަދަ މަޝްރޫޢޫތަކުގެ އިތުރަށް މިގޮތަށް ހުރި ވަޢުދުތައްވެސް ފުއްދަމުން މިދަނީ”ރައީސުލްޖުމްހޫރިއްޔާ. ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތެލަސީމިއާ ކުދިންގެ ގޮތުގައި 982 ކުދިން ރަޖިސްޓްރީވެފައިވާކަމަށެވެ.

ތެލަސީމިއާ ކުދިންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ވީހަވެސް ބޮޑަށް ރަނގަޅުކުރުމުގެ ގޮތުން ހުޅުމާލެ އޮރެންޖް ހިޔާއަށް ވަނީ މާޅޭގައި ދެމުންދިޔަ ޚިދުމަތްތައް ބަދަލުކޮށްފައެވެ. ހަމައެއާއެކު ސްކޫލް ނިންމާ ކޮންމެ ކުއްޖަކީ ތެލެސީމިއާއަށް ސްކްރީން ކުރެވިފައިވާ ކުއްޖަކަށް ހެދުމަށް، އަދި ރާއްޖޭގައި ތެލެސީމިއާ ކުދިންގެ އާބާދީ މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސްކޫލްތަކުގެ ގްރޭޑް 10 އެއްގައި ކިޔަވާ ދަރިވަރުން ތެލެސީމިއާއަށް ސްކްރީންކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.އަދި ބޯންމެރޯ ޓްރަންސްޕްލާންޓް ހެދުމުގެ އިންތިޒާމު ދައުލަތުގެ ޚަރަދުގައި ހަމަޖައްސައިދެއްވުމުގެ އިންތިޒާމު ހަރުދަނާކުރުމާއި ތެލެސީމިއާ ކުދިން ހަދަންޖެހޭ މުހިއްމު ބައެއް ޓެސްޓުތައް ރާއްޖޭގައި ހެދޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސަވާފައެވެ.

ވަޞީލަތްތައް ހަމަކުރުމުގެ އިތުރުން ޤާނޫނަށް އިސްލާޙުތަކެއް ގެނެސް ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފައްޓަވާފައެވެ. ސަރުކާރުން ގެންނަވަމުންދާ ބަދަލުތަކާއި އިސްލާހުތަކާއެކު ރާއްޖޭގައި އޮތް ތެލަސީމިއާގެ ޙާލަތު ބަދަލުވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ފަރުވާގެ ޚިދުމަތް ހަރުދަނާވުމުގެ އިތުރުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއެކު ރާއްޖޭގައި ތެލެސީމިއާގެ އާބާދީ މަދުކުރެވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

395641 c604bcf8 9

31 އަހަރުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ތެލަސީމިއާ ސެންޓަރުގެ ޚިދުމަތް ހުކުރު ދުވަހު ދޭން ފަށައިފި

ކެންޑިޑޭޓުންގެ ކެމްޕޭނުގައި ރައީސް މައްޗަންގޮޅީގައި “ދޮރުންދޮރަށް”

ރައީސް ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

އިސްލާމީ ޤައުމުތަކުގެ ލީޑަރުންނަށް ރަމަޟާންމަހުގެ ތަހުނިޔާ އަރިސްކުރައްވައިފި

TTH_advertisement