ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޕީއެލްއިން ކުރިޔަށްގެންދިޔަ “ޕޯޓް ސެކިއުރިޓީ ޓްރެއިނިން” ނިންމާލައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓް ގާޑް ޓްރެއިނިން ސްކޫލް ގުޅިގެން ކުރިޔަށްގެންދިޔަ “ސެޓްފިކެޓް-1 އިން ޕޯޓް ސެކިއުރިޓީ” ކޯސް ނިންމާލައިފިއެވެ.

އެމްއެންޑީއެފް ކޯސްޓް ގާޑް ޓްރެއިނިން ސްކޫލުން ގިރިފުށީގައި އެއް މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ އެ ޓްރެއިނިންގައި ޖުމުލަ 30 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް އެމްޕީއެލްއިން ބުނެއެވެ. އެއީ އެމްޕީއެލްގެ ސެކިއުރިޓީ ޑިޕާޓްމަންޓާއި ސަރަހައްދީ ދެ ޕޯޓް ކަމަށްވާ ކުޅުދުއްފުށި ޕޯޓާއި ހިތަދޫ ޕޯޓްގެ ސެކިއުރިޓީގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށް އެ ކުންފުނިން ބުނެއެވެ.

މިއީ ދިވެހިރާއްޖޭގެ މައި ވިޔަފާރި ބަނދަރާއި، ސަރަހައްދީ ބަނދަރުތަކުގެ ސެކިއުރިޓީ ކަށަވަރުކުރުމަށް މަސައްކަތްކުރާ މުވައްޒަފުންގެ ގާބިލުކަމާއި ހުނަރު އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފްއާ ގުޅިގެން ހިންގާ ކޯހެކެވެ.

މި ތަމްރީނުގެ މައިގަނޑު މަގުސަދަކީ ބަނދަރުތަކުގެ ސަލާމަތީ ކަންކަން ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ހަރުދަނާކޮށް، ސެކިއުރިޓީންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމެވެ. އަދި މީގެ އިތުުރުން، މާލޭ ސަރަހައްދުގެ ބަނދަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ގާބިލުކަން އިތުުރުކުރުމެވެ.

އެ ކޯހުގައި، ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތާއި ސެކިއުރިޓީ ޑްރިލްތަކާއި މަސައްކަތުގެ އަހުލާގު ހިމެނޭ އަމަލީ ތަމްރީނުތަކާއެކު، އައިއެސްޕީއެސް ކޯޑަށް އަމަލުކުރުމާއި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމާއި މެރިޓައިމް ސޭފްޓީ އަދި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ސެޝަންތައް ކުރިއަށްގެންދިޔަ ކަމަށް އެމްޕީއެލުން ބުންޏެވެ.

މި ކޯހުގެ ފަހު ތަމްރީނުގެ ގޮތުގައި މި މަހުގެ 18 ވަނަ ދުވަހު މާލޭ ވިޔަފާރި ބަނދަރުގައި ޕޯޓް ސެކިއުރިޓީ ޑްރިލްއެއް ކުރިޔަށްގެންދިޔަކަމަށާއި އެ ކޯހުގައި އައިއެސްޕީއެސް ކޯޑާ އެއްގޮތަށް އޮޕަރޭޝަނަލް ތައްޔާރީ އިތުރުކުރުމާއި ބަނދަރުގެ ރައްކާތެރިކަމާއި ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތާގުޅޭ ތަމްރީނުތައް ފޯރުކޮށްދިން ކަމަށް އެކުންފުނިން ބުންޏެެވެ.

ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގެެ ސަލާމަތީ ފިޔަވަޅުތައް މިހާރަަށްވުރެ ހަރުދަނާކޮށް، އެކަން ބެލެހެއްޓުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް، ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން އެމްޕީއެލުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ޒިޔަތު ހަމަޖައްސަވައިފި

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރަން ޙަވާލުކޮށްފި

mpl north harbour

ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީތައް ބޮޑުކުރާކަށް ނޫޅޭ: އެމްޕީއެލް

MPL

އައު ވިޔަފާރި ބަނދަރު: ޓަރމިނަލާއި ފެސިލިޓީތަކުގެ ޑިޒައިން ތައްޔާރުކުރާނެ ބަޔަކު ހޯދަނީ