ކުއްލި ޚަބަރު

ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ބަލްކް ޕޭމަންޓް ޚިދުމަތް މިހާރު ލިބޭނެ

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

މަސްދަޅު ކޭސް ބެހުން ބާރަށް ކުރިއަށް، 4000އަށްވުރެ ގިނަ ގޭބިސީއަކުން ނަންބަރު ނަގައިފި

ސަރުކާރުގެ ބޮންޑަކަށް އިންވެސްޓު ކުރުމަކީ މާލީ ގޮތުން ރައްކާތެރި މުއާމަލާތެއް: ފިނޭންސް

finance

މަރުކަޒީ ބޭންކުން ޕެންޝަން ފަންޑަށް އިންވެސްޓްކޮށް، އެ ފައިސާ ސަރުކާރުގެ ބޮންޑަކަށް އިންވެސްޓު ކުރުމަކީ މާލީ ގޮތުން ރައްކާތެރި މުއާމަލާތެއް ކަމަށާއި އެއީ ފައިސާ ޗާޕް ކުރުން ކަމުގައި މޭރުން ނުކުރެވޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ. މި ސަރުކާރުގައި ފައިސާ ޗާޕް ނުކުރާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވާ ވިދާޅުވުމާ ހިލާފަށް ފައިސާ ޗާޕް ކުރުން ކަމަށް ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ، އެއީ ރޭވިގެންވާ ހިންގާ އިންވެސްޓްމަންޓް އެރޭންޖްމަންޓެއް ކަމަށެވެ.

އެމްއެމްއޭ އިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާ ގުޅިގެން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކުމުގެ މުއާމަލާތެއް ހިންގަން މިދިޔަ ހަފުތާގައި ވަނީ ޕެންޝަން އޮފީހުގެ ބޯޑުން ފާސްކޮށްފަ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ، އެއީ ކަނޑައެޅިފައިވާ ގާނޫނީ އޮނިގަނޑުތަކުގެ ދަށުން ކުރެވޭ މާކެޓް އަސާސްތަކުގެ މައްޗަށް ބިނާކުރެވިފައިވާ މާލީ މުއާމަލާތެއް ކަމަށާ، މާލީ ސްޓެބިލިޓީ ދެމެހެއްޓުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ އާންމު ވަސީލަތެއް ކަމަށެވެ.

މި މުއާމަލާތުގެ ސަބަބުން ޕެންޝަން އޮފީހަށް އިންވެސްޓްމަންޓް ޕޯޓްފޯލިއޯ ތަފާތު ކުރުމާއި ދިވެހި ފައިސާ ޑޮލަރަށް ބަދަލުކުރުމަށް މަގުފަހިވެ، ބޭރު ފައިސާގެ މައްޗަށް އޮންނަ ޕްރެޝަރު ލުއިވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި ލިބޭ ފައިސާގެ ބޮޑު ބައެއް ބޭނުން ކުރާނީ ކުރީގެ ސަރުކާރުން ވާރުތަވެފައިވާ، ކޮންޓްރެކްޓަރުންނަށާއި ކުންފުނިތަކަށް ނުދައްކާ ގާތްގަނޑަކަށް ނުވަ ބިލިއަން ރުފިޔާ ދައްކާ ހަލާސް ކުރަން ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މަނިޓަރީ ސްޓެބިލިޓީ ރައްކާތެރި ކުރުމަށް ކޮމާޝަލް ބޭންކުތަކުގެ މިނިމަމް ރިޒާވް ރިކުއަމަންޓް 10 ޕަސެންޓުން 11 ޕަސެންޓަށް އިތުރު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރާއްޖެއާއި އޯޕެކް ފަންޑާ ދެމެދު އާ ކަންޓްރީ ޕާޓްނަޝިޕް ފްރޭމްވޯކްއެއްގައި ސޮއިކޮށްފި

Izaam

އެމްއައިޓީޑީސީ އުވާލުމަށް ކުރަންޖެހޭ މަސައްކަތްކަތްތައް ކުރާނެ ބަޔަކު ހޯދަނީ

finance

ކުރީ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް އަދާކުރުމަށް ފާއިތުވި އަހަރު 9.8 ބިލިއަން ރުފިޔާާ ހަރަދުކުރި

finance

ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ދައުލަތުގެ ޑެފިސިޓް 73.5 އިންސައްތަ ދަށްވެއްޖެ

TTH_advertisement