ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރެއްދޫ ރިސޯޓުގައި ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

tree top

ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާގެ އަންހެން މުވައްޒަފުންނަށް އަމާޒުކޮށްގެން އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އޮކްޓޫބަރު މަހަކީ ދުނިޔޭގެ އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ މަހެވެ.

މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކުރެއްދޫ އައިލެންޑް ރިސޯޓުގައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ވިދާޅުވީ، ޑރ. އައިޝަތު ރިފްގާ ޝާހިދު އަދި ޑރ. އައިޝަތު މާރިޔާގެ އެހީތެރިކަމުގެ ދަށުންކުރިއަށް ގެންދިޔަ މި ސެޝަންގައި، އުރަމަތީ ކެންސަރުގެ ފުރަތަމަ ޢަލާމާތްތަކާއި، އަމިއްލައަށް ތަހުލީލުކޮށް ދެނެގަންނާނެގޮތާއި، އެޅޭނެ ފިޔަވަޅުތަކާއި ބެހޭ މުހިންމު މައުލޫމާތު ހިއްސާ ކުރި ކަމަށެވެ.

ޖުމްލަ 30 މުވައްޒަފުން މި ސެޝަންގައި ބައިވެރިވިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ވިދާޅުވީ، މި ސެޝަންތަކުގެ ސަބަބުން މުވައްޒަފުންނަށް މުހިންމު ސިއްހީ މައުލޫމާތު އެމީހުންގެ މަސައްކަތުގެ މާހައުލުގައި ލިބިގަތުމުގެ ފުރުސަތު ހުޅުވިގެންދިޔަ ކަމަށެވެ.

މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުން ސިއްހަތު ކުރިއެރުވުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ދިވެހި މުޖުތަމައުއެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުނު ޖަރަކާތެއް ކަަމަށްވެސް އެ ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ. އަދި މިހަރަކާތަކީ މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tree top

ރޯދަ މަހު ޓްރީ ޓޮޕުން ހިދުމަތްދޭނެ ގަޑިތައް ކަނޑައަޅައިފި

ޓްރީ ޓޮޕް ގައި IMERC 2025 ގެ ޕްރީ-ކޮންފަރެންސް ވޯކްޝޮޕްތައް ބާއްވައިފި

މ. މުލީގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚާއްސަ ހެލްތް ކޭމްޕް ބާއްވަނީ

ހިތުގެ ދުޅަހެޔޮކަމާއި ހިތުގެ ބަލިތަކަށް ކެމްޕެއިނެއް ޓްރީ ޓޮޕުން ފަށަނީ