ރާއްޖޭގެ 35 ރަށެއްގެ ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް މިމަހު ފެށޭނެ ކަމުގެ ޔަގީންކަން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު ދެއްވައިފިއެވެ.
މިނިސްޓަރު އާދަމް ޝަރީފު މިއަދު ވިދާޅުވީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ތެރެއިން 20 ރަށެއްގައި އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ބާކީ 35 ކައުންސިލްގެ އަމަލީ މަސައްކަތް މި މަހު ފެށޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމުގެ މަސައްކަތް 631 މިލިއަން ރުފިޔާއަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލުކުރީ މިއަހަރުގެ އޮގަސްޓް މަހުއެވެ. މީގެ ތެރެއިން ބައެއް ރަށްރަށުގެ ކައުންސިލް އިދާރާގެ އަމަލީ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ ފަށާފައެވެ.
ޗައިނާ ސަރުކާރުގެ އެހީގައި 50 ކައުންސިލް އިދާރާއެއްގެ އިމާރާތް އެޅުމަށް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު