ކުއްލި ޚަބަރު

ރައީސް މުޢިއްޒާއި ފީފާގެ ރައީސް މާދަމާ ހަވީރު ފުޓްބޯޅަ މެޗެއް ކުޅެނީ

ފަސް މިލިއަން ގަސް ޕްރޮގްރާމް: 16 މަސް ތެރޭ ސްޓެލްކޯ އިން 70،000އަށްވުރެ ގިނަ ގަސް އިންދައިފި

50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑުބަޔަކަށް ރީނދޫ ސަމާލު

ރައްޔިތުން އެމްޑީޕީ ވެރިކަމުން ބޭލީ ބޮޑުތަނުން ނޯ ޖަހާފައި: މެންބަރު ސިނާން

Mal

ރައްޔިތުން އެމްޑީޕީ ވެރިކަމުން ބޭލުވީ ބޮޑުތަނުން ނޯ ޖަހާފައި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސިނާން އެ ޕާޓީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

“ނުހަނު ފަސޭހަކަމާއެކު ބޮޑު ތަނުން ބޮޑު ނޯއެއް ޖަހާ އެމްޑީޕީ ވެރިކަމުން ދިވެހިން ދުރުކުރީ.”

އޭނާ ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ އެ މީހުން ނޫން ބަޔަކު ވެރިކަން ކުރާ ނަމަ ރަނގަޅު ހަމަ އެއް ކަމެއް ވެސް ކުރެވޭ ކަމަށް ނުހެދުން ކަމަށެވެ.

“ރޯމާ ދުވަލު ބޮޑެތި ވައްކަންތައްކޮށް ދިވެހިން ނިކަމެތި ވަމުން އަައި ދުވަސްވަރެއްގައި އަޅުގަނޑުމެންގެ ހިތްވަރު ގަދަަ ރައީސް ނިކުނެވަޑައިތީ މި ނުލަފާ މީހުން ރައްޔިތުންނަށް ވަމުން އައި ހިޔާނާތްތަކުންނާއި އަނިޔާވެރިކަމުން މި ގައުމު ސަލާމަތްކޮށް ދެއްވުމަށް،” ސިނާނު ވިދާޅުވި އެވެ.

ސިނާނު ވިދާޅުވީ މިހާރު ފެންނަނީ މިއަދުގެ ސަރުކާރުން ހަރަދުތައްކުޑަކޮށް ތަރައްގީގެ އެތައް މަޝަރޫއުތަކެއް ފަށަމުން އަންނަ ތަން ކަމަށެވެ.

“އެތައް މަޝަރޫއުތަކެއް ފައްޓަވައި ދެއްވާ ތަން ފެނުމުން ހިތަށް ކުޅަދާނަ ނުވެގެން ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ހިސާބަށް މި ބައިގަނޑުގެ ކަންތައް ބޮޑުވެއްޖެ،” އޭނަ ވިދާޅުވި އެވެ. “ހަގީގަތަކީ މިއަދު އެމްޑީޕީއޭ ކިއުނު ވަގުންގެ ބައިގަނޑަށް އެއްވެސް ތާއީދެއް ވެސް ނެތްކަން.”

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު
TTH_advertisement