ކުއްލި ޚަބަރު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

އެއްބަސްވުމާ ޚިލާފްވެ 47 ހަމަލާ، އިއްޔެ އެކަނިވެސް އެއް އާއިލާގެ 11 މެމްބަރުން ޝަހީދުކޮށްލި

އިސްތިއުމާރީ ސިފައިން ހަމަލާދީ ޝަހީދުކޮށްލާފައިވާ އާންމުންގެ ހަށިތަކެއް:

ހަމަލާތައް ހުއްޓާލުމަށް ހަމާސްއައެކު ވެފައިވާ އެއްބަސްވުމާ ޚިލާފްވެ، އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ އެތަން މިތަނަށް ހަމަލާދީ އެތައް އާންމުން ޝަހީދުކޮށްލައިފިއެވެ.

ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން  ފަށާފައިވަނީ މި އޮކްޓޫބަރު މަހުގެ 10 ދުވަހުއެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން މިއަދު ބުނެފައިވަނީ، އިސްތިއުމާރީ ބާރުން މިހާތަނަށް އެއްބަސްވުމާ ޚިލާފް 47 ޖަރީމާއެއް ޣައްޒާގައި ހިންގާފައިވާ ކަމަށެވެ.

އެ ހަމަލާތަކުގައި މިހާތަނަށް 38 މީހުން ޝަހީދުކޮށްލާފައިވާ ކަމަށާއި، ޒަޚަމްކޮށްލި މީހުންގެ އަދަދު 143 އަށް އަރާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އިއްޔެ ހަވީރު އެކަނިވެސް ގާޒާ ސިޓީގެ ޒައިތޫން އަވަށުގައި ހަމަލާދީ އެއް އާއިލާގެ 11 މެމްބަރުން ޝަހީދުކޮށް މުޅި އާއިލާ ވުޖޫދުން ފޮހެލާފައި ވެއެވެ. އެ އާއިލާ ދަތުރުކުރި ވެހިކަލްއަށް ޓެރަރިސްޓުން ހަމަލާ ދީފައިވަނީ ބޮޑުބަޑިންނެވެ.

ސީދާ އާންމުންނަށް އަމާޒުކޮށް އާންމުންގެ ބޮލަށް ބޮންއަޅައި އަދި އާންމުންނަށް ބަޑީގެ ހަމަލާތައްވެސް ގެންދަނީ ދެމުންނެވެ.

ޣައްޒާ މީޑިއާ އޮފީހުން ބުނެފައިވަނީ، މިއީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފް އަދި އިންސާނިއްޔަތުގެ ގާނޫނާ ފާޅުކަންބޮޑު ގޮތެއްގައި ޚިލާފްވެ އިސްތިއުމާރީ ބާރުން ހިންގަމުން ގެންދާ ޖަރީމާތަކެއް ކަމަށެވެ.

ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމެއް ވެވުނަސް އެޔަށް އިސްތިއުމާރީ ބާރުން އަމަލު ނުކުރާނޭކަން މިކަމުން ވަރަށް ސާފުކޮށް ހާމަވާ ކަމަށް، ޣައްޒާ މީޑިއާ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާއިން މިއަދުވެސް 8 މީހުން ޝަހީދުކޮށްލައިފި، ރޭގަނޑު މީހުން ނިދަންތިއްބައި ދޭ ހަމަލާތައް އިތުރުކޮށްފި

ނަތަންޔާހޫ މިނަށްވުރެ އަނގަގަދައީ: އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް

Ist2

ހުޅަނގު އައްސޭރީގެ އިސްތިއުމާރު އިތުރަށް ފުޅާކުރަން އިސްރާއީލުން ނިންމި ނިންމުން ދުނިޔެއިން ކުށްވެރިކުރަނީ

ޣައްޒާގެ އެކި ހިސާބުތަކަށް ވަރުގަދަ ހަމަލާތަކެއްދީ މިއަދުގެ މިހާތަނަށް 20 މީހުން ޝަހީދުކޮށްލައިފި

TTH_advertisement