ކުއްލި ޚަބަރު

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެ

ފެނަކަ ސައީދަށް ކުރި ދެވަނަ ދައުވާގެ ޝަރީއަތް ފަށައިފި، ސައީދު ވިދާޅުވީ ދައުވާއަށް އިންކާރު ކުރާ ކަމަށް

1234

ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލި ދެވަނަ ދައުވާއަށް ވެސް އޭނާ އިންކާރުކޮށްފިއެވެ.

އެއްވެސް މަސައްކަތެއް ކުރިކަން ކަށަވަރުކުރުމެއް ނެތި، ބްލޭޒަން އިންކް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ސެޓްލްމަންޓް އެއްބަސްވުން ހަދައި އެ ކުންފުންޏަށް ފައިސާ ދޫކުރި މައްސަލާގައި ސައީދު މިހާރު ތަންފީޒުކުރަމުން އަންނަނީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ.

ދައުލަތުން އޭނާގެ މައްޗަށް ދެވަނަ ދައުވާއެއް އުފުލީ ލ. މާމެންދޫގައި ބެހެއްޓި އައިސްޕްލާންޓެއް ފެނަކައަށް ގަތުމުގައި އުސޫލުތަކާ ޚިލާފަށް އަމަލުކޮށް ނާޖާއިޒު ފައިދާ ހޯދި ކަމަށް ތުހުމަތު ކުރެވޭތީއެވެ.

އެ މައްސަލާގައި ވެސް އޭނާގެ މައްޗަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން ސައީދު ވަނީ ދައުވާ އަށް އިންކާރުކޮށްފައެވެ.

ފެނަކަ ސައީދާ ގުޅުންހުރި ގިނަ އަދަދެއްގެ މައްސަލަތަކެއް މިހާރު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Dd

ކްރިމިނަލް ކޯޓުގެ ގާޒީ ކަމުން ފާއިޒު ސަސްޕެންޑުކޮށްފި

990

ކޮރަޕްޝަންގެ ދައުވާއަށް އަކްރަމް އިންކާރު ކުރައްވައިފި

Mal

އެމްޑީޕީ މުޒާހަރާ އިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

TTH_advertisement