ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގެއްލުނު 13.6 މިލިއަން ސިނގިރޭޓު މައްސަލައިގައި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނަން: ކަސްޓަމްސް

ގެއްލުނު 13.6 މިލިއަން ސިނގިރޭޓު މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ވަގަށް އެތެރެކުރުމުން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓު ގެއްލުނު މައްސަލައިގައި ފުލުހުން ހިންގަމުންދާ ތަހުގީގުގައި ރޭ ހަތަރު މީހަކު ހައްޔަރުކޮށްފައިވެއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމުގައިވާ ލޮޓަސްގެ ވެރިޔާ އަހްމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ އާއި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް އެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހުން ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ކަސްޓަމްސްގެ އޮފިސަރުންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ، ފުލުހުންގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ. އެ މުއައްސަސާގެ އޮފިސަރެއްގެ ބައިވެރިވުން އޮތްކަން ތަހުގީގަށް ހާމަވެއްޖެނަމަ ގާނޫނާއި ގަވާއިދުގެ ތެރެއިން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެ އެވެ.

ގެއްލިފައިވާ ސިނގިރޭޓު ކޭސްތައް ފެނުނީ، ޕްލައިވުޑް ޝިޕްމަންޓެއްގައި ސިނގިރޭޓު ވަގަށް އެތެރެކުރާ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

customs

ފަހު 10 ގައި ކަސްޓަމްސްއިން ހިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފި

ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި

78

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓް އަތުލައިގެންފި

5.4 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު އިންޑިޔާ ދެމީހުން ވީއައިއޭއިން ހައްޔަރުކޮށްފި