ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޑޮނޭޝިޔާގެ ރައީސް އިސްރާއީލަކަށް ވަޑައިނުގަންނަވާ، ފެތުރީ ދޮގު ރިޕޯޓްތަކެއް

އިންޑޮނެޝިޔާގެ ރައީސް ޕްރަބޯވޯ ސުބިއާންޓޯ އ

މިސްރުގެ ޝަރްމުއް ޝައިޚްގައި ބެއްވި ޣައްޒާ ޕީސް ސަމިޓްގައި ބައިވެރިވެވަޑައި ގެންނެވުމަށްފަހު އިންޑޮނެޝިޔާގެ ރައީސް ޕްރަބޯވޯ ސުބިއާންޓޯ އެނބުރި ގައުމަށް ވަޑައިގެންފައިވާކަން އިންޑޮނޭޝިޔާ ސަރުކާރުގެ ޚާރިޖިއްޔާއިން ކަށަވަރު ކޮށްދީފިއެވެ.

އިންޑޮނޭޝިޔާގެ ޚާރިޖިއްޔާއިން މިކަން ކަށަވަރުކޮށް މިދިނީ، ޣައްޒާ ޕީސް ސަމިޓަށްފަހު، އިންޑޮނެޝިޔާގެ ރައީސް އިސްރާއީލަށް ވަޑައިގަންނަވާނެ ކަމަށް އިއްޔެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.

މީޑިއާގައި ރިޕޯޓްތައް ފެތުރުނީ، ޝަރްމުއް ޝައިޚް ސަމިޓަށްފަހު ރައީސް ޕްރަބޯވޯ، އިސްރާއީލަށް ވަޑައިގަތުމަށް ޕްލޭން ކުރެވިފައިވާ ކަމަށެވެ.

އެހެން ނަމަވެސް، މިސްރު ދަތުރުފުޅަށްފަހު އިންޑޮނޭޝިޔާގެ ރައީސް މިހާރުވަނީ އެނބުރި ގައުމަށް ވަޑައިގެންފައެވެ.

އިންޑޮނޭޝިޔާއަކީ ދުނިޔޭގައި މުސްލިމުންގެ އެންމެ ބައިބޯ ގައުމެވެ. އެގައުމުގެ އަބާދީއަކީ 280 މިލިއަނެވެ.

އިންޑޮނޭޝިޔާއަކީ އެއްވެސް އިރެއްގައި އިސްރާއީލާ ގުޅުން އޮންނަ ގައުމެއް ނޫނެވެ.

އަދި ފަލަސްތީނު މައްސަލާގައިވެސް އިންޑޮނޭޝިޔާއިން ގެންގުޅޭ ސިޔާސަތަކީ، ފަލަސްތީނުގެ މިނިވަން ދައުލަތް ގާއިމްކުރުމާއި، ފަލަސްތީނު ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ހޯދައިދިނުމުގެ ސިޔާސަތެވެ.

އިންޑޮނޭޝިޔާގެ ރައީސް ޕްރަބޯވޯ ސުބިއާންޓޯ އިސްރާއީލަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް ފެތުރު ރިޕޯޓްތަކާ ގުޅިގެން ރައީސް ޕްރަބޯވޯ ވިފާޅުވީ، އެންމެ ޒުވާން އުމުރުން ފެށިގެންވެސް އޭނާ ދެމިހުންނެވީ ފަލަސްތީނު ރައްޔިތުންނާ އެކުގައި ކަމަށާއި، އިންޑޮނޭޝިޔާއިން އަބަދުވެސް މަސައްކަތް ކުރަމުންގެންދަނީ ފަލަސްތީނު ރައްޔިތުންގެ މިނިވަން ދައުލަތަކަށް ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޣައްޒާގެ ރައްޔިތުން ޣައްޒާއިން ބޭރުކޮށް ހުސްކޮށްލަން ފުރަތަމަ ކުރި ޕްލޭންގެ ދަށުން، ޣައްޒާގެ އާބާދީގެ ބައެއް ވަޒަންވެރިކުރަން އުޅުނީ އިންޑޮނޭޝިޔާގައެވެ.

ނަމަވެސް، އިންޑޮނޭޝިޔާއިން އެކަމާ ދެކޮޅުހެދީއެވެ.

އިސްރާއީލާއި އަރަބި އިސްލާމީ ގައުމުތަކާ ސިޔާސީ ގުޅުން ގާއިމްކުރުން ފުޅާކުރަން ޓްރަމްޕް އެކަށައަޅާފައިވާ އަބްރަހަމް އެކޯޑްސްގެ ދަށުން، އިސްރާއީލާ އާދައިގެ ގުޅުމަކަށް ދިއުމަށް ޓްރަމްޕް މަސައްކަތް ކުރާ އެއްގައުމަކީ އިންޑޮނޭޝިޔާއެވެ. އިންޑޮނޭޝިޔާއިން ގެންދަނީ އެކަމާ އިންކާރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ