ކުއްލި ޚަބަރު

ޚިޔާނާތުގެ ކުށް ސާބިތުވެ ބައްސާމް ހަތަރު އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

ގަމުގައި މާރާމާރި ހިންގި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

ޚިޔާނާތުގެ ކުށް ސާބިތުވެ ބައްސާމް ހަތަރު އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ޙުކުމް ކޮށްފި އެވެ.

ބައްސާމްގެ މައްޗަށް ދައުލަތުން އޮތީ ޚިޔާނާތްތެރިވުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގގެ ދައުވާ އުފުލާފަ އެވެ. އޭގެ ތެރެއިން މިއަދު ވަނީ ޚިޔާނާތްތެރިވުމުގެ ދައުވާއާ ގުޅިގެން ޙުކުމް އިއްވާފަ އެވެ. އެ ދައުވާގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ނަމަވެސް ދައުލަތުން ވަނީ އެ ދަޢުވާއާ ގުޅިގެން އިއްވޭނެ އެންމެ ބޮޑު އަދަދެއް ކަނޑައަޅައިދޭން އެދިފަ އެވެ. އެހެން ކަމުން މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީޢު ވަނީ އެ ދަޢުވާ ބައްސާމްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާ ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށްފަ އެވެ.

އޭނާގެ މައްޗަށް ދެން އޮތް މަނީ ލޯންޑަރިންގ ދައުވާއާ ގުޅިގެން ޙުކުމް ކުރުން އެހެން ދުވަހަކަށް ވަނީ ފަސްކޮށްފަ އެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އަންނާނެ އަސާސީ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ފީފާ އިން އެފްއޭއެމްގެ ބޭނުންތަކަށް ފޮނުވި 10,000 ޑޮލަރަށް ބައްސާމް ޚިޔާނާތްތެރިވި ކަމަށް ދަޢުވާގައި ވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަންދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ކުނބުރުދޫގައި ތަރައްގީކުރި ފުޓްބޯޅަ ދަނޑާއި މަލްޓި ސްޕޯޓްސް ކޯޓު ހުޅުވައިފި

“ވިލުންތެރި ރާއްޖެ 2045″ އަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުންތަކުެ %50 ނިންމާލައިފި

ހުރިހާ ވިސާއަކުން އަންނަ މުސްލިމުންނަށް އުމްރާވަން ސައޫދީން ފުރުސަތު ހުޅުވާލައިފި

TTH_advertisement