ކުއްލި ޚަބަރު

ގަމުގައި މާރާމާރި ހިންގި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

މީޑިއާ ކޮމިޝަނަށް މެންބަރުން އިންތިހާބުވެއްޖެ

ތިމަރަފުށީ ހައުސިންގ ޔުނިޓު ސޮއިނުކުރާ ފަރާތްތަކަށް އަންނަ ހަފުތާގައި ފުރުސަތު ދެނީ

ކޮޅުމަޑުލު ތިމަރަފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓުގެ ހައްޤުވެރިންގެ ތެރެއިން އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކާއެކު ހައުސިންގ ޔުނިޓު ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ތ. ތިމަރަފުށީގައި އެ ވުޒާރާއިން ގެންގޮސްފައިވީ ނަމަވެސް، ބައެއް ފަރާތްތަކުން އެއްބަސްވުމުގައި މިހާތަނަށް ސޮއިކޮށްފައިނުވާކަމަށެވެ.

އެހެންކަމުން، ތ. ތިމަރަފުށިން ހައުސިންގ ޔުނިޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ސޮއިކޮށްފައިނުވާ ފަރާތްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިންތިޒާމް އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކުރިއަށްދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 1:30 އަށް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދަޅުވެއެވެ.

އެ ވުޒާރާއިން ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި މިހާރު ކަނޑައަޅާފައިވާ ތާރީޚުތަކަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެ ވުޒާރާއިން ހައުސިންގ ޔުނިޓް ލިބުނު ފަރާތްތަކަށް ގުޅަމުން ގެންދާނެކަމަށެވެ. އަދި މިއީ އެއްބަސްވުމުގައި ސޮއިކުރުމަށް ލިބޭ ފަހު ފުރުޞަތުކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ތިމަރަފުށީގައި ސަރުކާރުން ކުރިއަށް ގެންދިޔަ ރޯ ހައުސް އިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާފައިވަނީ 2023 ވަނަ އަހަރުގައެވެ. އެ މަސައްކަތް ކޮށްފައިވަނީ އެސް.ޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެންނެވެ.

2500 މީހުންގެ އާބާދީއެއް އޮންނަ ތިމަރަފުށީގައި ސަރުކާރުން ކުރިއަށްގެންދިޔަ ހައުސިންގ މަޝްރޫޢުގެ ދަށުން އިމާރާތްކުރި ހައުސިންގ ޔުނިޓްތަކުގައި ހިމެނެނީ 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ. އެއީ 1400 އަކަފޫޓުގެ ބިމުގައި ތަރައްޤީކުރާ، 1000 އަކަފޫޓުގެ ގެތަކެކެވެ. 3 ކޮޓަރިއާއެކު 3 ފާހަނައާއި އަދި ސިިޓީންގްރޫމަކާއި ލޯންޑްރީ އޭރިއާއެއް ހިމެނެއެވެ.

މި ޕްރޮޖެކްޓަކީ ސަރުކާރުން 79 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަންދޫ ބަނދަރާއި ޖެޓީ ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށްދެއްވާނަން: ރައީސް

ކުނބުރުދޫ ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއަށް

ކުނބުރުދޫ ބަނދަރު ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

majilis

ކޮރަޕްޝަން ހުއްޓުވުމަށް މުއައްސަސާތަކާއި ކުންފުނިތަކުގެ ވެރިން މާލީ ބަޔާންތައް ހުށަހަޅަންޖެހޭ: މެންބަރުން

TTH_advertisement