މާލޭގެ ކުރީގެ މޭޔަރު މައިޒާން ޢަލިމަނިކު (މައިޒާން އަލިބެ)ގެ އަނބިކަނބަލުން ޢާއިޝަތު ޒަމީލް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ތަޢުޒިޔާ ދަންނަވާފައިވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާ، ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ޙާޞިލްކުރައްވާފައިވާ އަދި މާލެ ސިޓީގެ މޭޔަރުކަންވެސް ކުރެއްވި ޚިދުމަތްތެރިޔާ މައިޒާން ޢަލިމަނިކު (މައިޒާން އަލިބެ) ގެ ލޮބުވެތި އަނބިކަނބަލުން ޢާއިޝަތު ޒަމީލް ނިޔާވުމުގެ ހިތާމައިގައި އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون
ދިވެހިރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާ، ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ޙާޞިލްކުރައްވާފައިވާ އަދި މާލެ ސިޓީގެ މޭޔަރުކަންވެސް ކުރެއްވި ޚިދުމަތްތެރިޔާ މައިޒާން ޢަލިމަނިކު (މައިޒާން އަލިބެ) ގެ ލޮބުވެތި… pic.twitter.com/mOCBxdLHlj
— Dr Mohamed Muizzu (@MMuizzu) October 6, 2025
“މަރްޙޫމާ ޢާއިޝަތު ޒަމީލަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި އަބަދުމެ ލަހައްޓަވާށި. އާމީން”، ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު