އަށާރަ ރަށެއްގައި 20 މަޝްރޫއު ހިންގަން އެމްޓީސީސީ އާއި މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރިކްރިއޭޝަނާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަބްދުﷲ ރާފިއު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ އެވެ.
ސްޕޯޓްސް މިނިސްޓްރީ އާއި އެމްޓީސީއާ ދެމެދު ސޮއިކޮށްފައި ވަނީ:
- އދ. ފެންފުށި (ވޮލީ ކޯޓު)
- އދ. ފެންފުށި (ދުވާ ޓްރެކް)
- އދ. ހަންޏާމީދޫ (ވޮލީ ކޯޓު)
- އދ. އޮމަދޫ (ވޮލީ ކޯޓު)
- ހއ. މުރައިދޫ (ފުޓްސަލް ކޯޓު)
- ހއ. މޮޅަދޫ (ފުޓްސަލް ކޯޓު)
- ހއ. މުޅަދޫ (ވޮލީ ކޯޓު)
- ހއ. ދިއްދޫ (ފުޓްސަލް ކޯޓު)
- ރ. ކިނޮޅަސް (އައުޓްޑޯ ޖިމް)
- ރ. މަޑުއްވަރި ( ފުޓްސަލް ކޯޓު)
- ކ. ހިންމަފުށި (އައުޓްޑޯ ޖިމް)
- ކ. ގުޅި (އައުޓްޑޯ ޖިމް)
- ކ. ތުލުސްދޫ (އައުޓްޑޯ ޖިމް)
- އއ. ބޮޑުފުޅަދޫ (ފުޓުބޯޅަ ދަނޑުގައި ލައިޓްޖެހުން)
- ތ. މަޑިފުށި (އައުޓްޑޯ ޖިމް)
- ތ. ގުރައިދޫ (އައުޓްޑޯ ޖިމް)
- ތ. ވިލުފުށި (އައުޓްޑޯ ޖިމް)
- ތ. ބުރުނި (އައުޓްޑޯ ޖިމް)
- ގއ. ދެއްވަދޫ (ވޮލީ ކޯޓު)
- ގދ. ފިޔޯރީ (އައުޓްޑޯ ޖިމް)
މި ރަސްމިއްޔާތުގައި ގެމަނަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަސަދުﷲ ޝިހާބާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދާއި އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު އަދި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ބައިވެރިވެވަޑައިގެންނެވި އެވެ.
ކިޔުންތެރިންގެ ހިޔާލު