ސްޓެލްކޯގެ ތިން މުވައްޒަފަކު ޝަރަފްވެރިކަމާއެކު ރިޓަޔާ ކޮށްފިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން އިޚުލާސްތެރިކަމާއިއެކު ސްޓެލްކޯއަށް ޚިދުމަތްކޮށްދެއްވި ބައެއް ބޭފުޅުން ޝަރަފްވެރިކަމާ އެކު ރިޓަޔާ ކުރެއްވުމާ ގުޅިގެން އެ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން އިއްޔެ ވަނީ ހާއްސަ ހަފްލާއެއް ބާއްވާފައެވެ.
މި ހަފްލާގައި އެ ބޭފުޅުންނަށް ރިޓަޔާ ކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށްދިނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދުއެވެ.
ގިނަ ދުވަސްތަކެއް ވަންދެން އިޚުލާސްތެރިކަމާއިއެކު ސްޓެލްކޯއަށް ޚިދުމަތްކޮށްދެއްވި ބައެއް ބޭފުޅުން ޝަރަފްވެރިކަމާއައެކު ރިޓަޔަރކުރެއްވުމާއި ގުޅިގެން އެ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން މިއަދު ބޭއްވި ޚާއްސަ ޙަފްލާގެ ތެރެއިން.
މިއަދު ޝަރަފްވެރިކަމާއައެކު ޚިދުމަތުން ރިޓަޔަރ… pic.twitter.com/3HD05cATDg— STELCO (@STELCOMALDIVES) September 30, 2025
ޝަރަފްވެރިކަމާއައެކު ޚިދުމަތުން ރިޓަޔާ ކުރެއްވި ސީނިއާ ސާވިސް އިންޖިނިއަރު އަޙުމަދު މަނިކު (ސުތުލި)، ވަނީ ކުންފުނީގެ ޚިދުމަތުގައި 42 އަހަރު ހޭދަކޮށްފައެވެ. އަދި ސީނިއަރ ސާވިސް އިންޖިނިއަރު އިބްރާހިމް ރަޝީދު (އަންދަރޭ)، ޚިދުމަތުގައި 34 އަހަރު ހޭދަކޮށްފައިވާއިރު ސީނިއާ ސާވިސް ސުޕަރވައިޒަރު ޙަސަން ޙަލީމް، ޚިދުމަތުގައި 7 އަހަރު ވަނީ ހޭދަކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު