ކުއްލި ޚަބަރު

އަލިފާނުގެ ހާދިސާގައި ގެއްލުންވި އެޕާޓްމަންޓުތަކުގެ ނަރުދަމާ ހަފްތާއެއް ތެރޭ މަރާމާތުކުރަނީ

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

މީޑިޔާ ރެގިއުލޭޓަރީ ކޮމިޝަނަށް މަޖިލީހުން ހޮވާ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

majlis

މީޑިޔާ ރެގިއުލޭޓުކުރުމުގެ ގާނޫނުގެ ދަށުން އުފައްދާ މީޑިޔާ ރެގިއުލޭޓަރީ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެންބަރުންގެ މަގާމަށް ކުރިމަތިލާން މަޖިލީހުގެ އިދާރާއިން ހުޅުވާލައިފިއެވެ.

މީޑިޔާ ރެގިއުލޭޝަން ގާނޫނުގެ ދަށުން އެކުލަވައިލާ މޯލްޑިވްސް މީޑިޔާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެކުލެވިގެންވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެ ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންނަކީ ސީދާ މީޑިޔާއިން އިންތިހާބުކުރާ ބޭފުޅުންނެވެ. އަނެއް ތިން މެންބަރުންނަކީ މަޖިލީހުން އައްޔަންކުރާ ތިން މެންބަރުންނެވެ.

މި ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ ތިން މެންބަރުންގެ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށްވުމާއި އުމުރުން 30 އަހަރު ފުރިފައިވުމާއި، ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓިން ދާއިރާއިން ފުރަތަމަ ޑިގުރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިޔާގެ ދާއިރާގައި މަސައްކަތްކުރާތާ ފަސް އަހަރުވެފައިވުން ހިމެނެއެވެ.

ފަސް އަހަރުގެ ދައުރަކަށް މެންބަރުން އައްޔަންކުރާ ކޮމިޝަނުގައި ވިދިވިދިގެން ދެ ދައުރު ނުވަތަ އެނޫންވެސް ގޮތަކުން އެއް ދައުރަށްވުރެ ގިނަ ދައުރު އެކަކށް މެންބަރުކަމުގައި ނުހުރެވޭނެ ކަމުގައި ގާނޫނުގައި ބުނެފައިވެއެވެ،.

މަޖިލީހުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ މީޑިޔާ ރެގިއުލޭޓުކުރާ ކޮމިޝަނުގެ މެންބަރުކަމަށް ކުރުމަތިލާން ބޭނުންވާ މީހުން 12 އޮކްޓޯބަރު 2025 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހަށް އެޕްލިކޭޝަން ފޯމާއި ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށެވެ.

މީޑިޔާއެއްގެ މަސްއޫލުވެރި ފަރާތަކަށް ނުވަތަ އެޑިޓަރެއްގެ މަގާމުގައި ހުރި ފަރާތަކަށް ނުވަތަ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް އަދި ކޮމިއުނިކޭޝަނާއި މީޑިޔާގެ ހިދުމަތް ދޭ ކުންފުންޏެއް ނުވަތަ ވިޔަފާރިއެއްގެ ހިއްސާދާރަކަށް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިނުލެވޭނެއެވެ.

ކޮމިޝަނަށް މީޑިޔާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންގެ މަގާމަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވެއެވެ. އަދި އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީޑިޔާތަކުގެ ދަފުތަރުވެސް އީސީން މިހާރުވަނީ އާއްމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

40 މީޑިޔާއަކަށް 27.29 މިލިއަން ރުފިޔާ ދޫކޮށްފި

media

ލުއިތަކަކާއެކު މީޑިޔާތަކަަށް ދައުލަތުން ފައިސާ ދޫކުރުމުގެ އައު އުސޫލު އާއްމުކޮށްފި

media

ނޫސްވެރިންނާއި ބްރޯޑްކާސްޓަރުންގެ ސުލޫކީ މިންގަނޑު ޢާންމުކޮށްފި

presidents raees

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބުންނަށް ޢިނާޔަތް ދޭން ފާސްކޮށްފި

TTH_advertisement