ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

ކާނޭ އެއްޗެއް ނުލިބި، ޣައްޒާއިން އިތުރު 3 ކުޑަކުދިން ބަނޑަށް މަރުވެއްޖެ

ޣައްޒާގެ ކުޑަކުދިންތަކެއް ކާނޭއެއްޗެއް ދޭތޯ އާދޭސްކުރަނީ:

ކާނޭ އެއްޗެއް ނުލިބި، ޣައްޒާއިން އިތުރު 3 ކުޑަކުދިން ބަނޑަށް މަރުވެއްޖެއެވެ.

ތިންކުދިން މަރުވެފައިވަނީ ޣައްޒާގެ ދެކުނުން ކަމަށް، ނަސަރް މެޑިކަލް ކޮމްޕްލެކްސްއިން ބުނެފައި ވެއެވެ.

ކާނޭ އެއްޗެއް ނުލިބުމާއި، ރަނގަޅު ކާނާ ނުލިބި ޣައްޒާގައި ކޮންމެ ދުވަހަކު ކުޑަކުދިން މަރުވަމުންދާއިރު، ބޮޑެތި މީހުންދަނީ މަރުވަމުންނެވެ.

އަދި ބަނޑުހައިހޫނުކަމާ ގުޅުންހުރި މައްސަލަތަކުގައި، ކޮންމެ ދުވަހަކު އެތައް ބަޔަކު ހޮސްޕިޓަލަށް ގެންނަ ކަމަށް، ޣައްޒާގެ ހޮސްޕިޓަލްތަކުން ބުނެއެވެ.

ޣައްޒާއިން ކާބޯތަކެތި ހުސްވެ، ބަނޑުހައިހޫނުކަން އާންމުވެފައިވާ ކަމަށް ރަސްމީގޮތުން ކަނޑައެޅި ފަހުން އެކަނިވެސް މިހާތަނަށް 162 މީހުން ބަނޑަށް މަރުވެފައި ވެއެވެ. އޭގެ ތެރޭގައި 32 ކުޑަކުދިން ހިމެނެއެވެ.

އިސްތިއުމާރީ ޓެރަރިސްޓުން އަދިވެސް ގެންދަނީ، އދއިން ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން ހުރަސް އަޅަމުންނެވެ. އަދި ބައިނަލްއަގްވާމީ އެހީދޭ ޖަމާއަތްތަކަށްވެސް ހުރަސްއަޅަމުންނެވެ.

އިސްތިއުމާރީ ޓެރަރިސްޓުން ރެއާއި ދުވާލު މުޅި ޣައްޒާއަށް ބޮމުގެ ވާރޭ އޮއްސަމުން ގެންދާއިރު، އާންމުން ގަދަކަމުން އެމީހުންގެ ގެދޮރާއި ރަށުންވެސް ގެންދަނީ ބޭރުކޮށް ފައްސަމުންނެވެ.

މަގުމަތިވެފައިވާ އެތައް މިލިއަން އާންމުންގެ ތެރޭގައި ހިމެނޭ ތުއްތު ކުދިންނާއި ކުޑަކުދިންނަށް ރަނގަޅު ކާނާ ނުލިބޭއިރު، ބޮޑެތި މީހުންނަށްވެސް ދުވާލަކު އެއް އިރުވެސް ކާނޭ އެއްޗެއް ލިބޭނޭ ގޮތެއް ނެތި ހޭދަކުރަމުންދަނީ ހައިހޫނު ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގައި މިހާރު ހައިހޫނުކަމުގެ އާންމު ހާލަތެއް ނެތްކަމަށް، މޮނިޓަރިންގ ގްރޫޕުން ބުނެފި

މޫސުން ގޯސްވެ ޣައްޒާއިން އިމާރާތެއް ވެއްޓި 17 މީހުން މަރުވެއްޖެ

ޣައްޒާ ފެނުއަޑީގައި އޮތްއިރުވެސް އާންމުން ބަނޑަށްޖެއްސުމަށް އިސްރާއީލުން މަސައްކަތް ކުރަނީ

ޔަހޫދީންނާމެދު ނަފްރަތު ފެތުރެނީ ގައުމުތަކުން ފަލަސްތީނު ދައުލަތް ބަލައިގަތުމުން: ނަތަންޔާހޫ

TTH_advertisement