މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ޕިކަޕެއް، ބްރިޖް އެއާޕޯޓް ލައިޓް ކައިރިން ކޮންޓްރޯލް ނުވެ، ބްރިޖް މެދުގައި ހުރި ޑިވައިޑަރތަކުގައި ޖެހި އެކްސިޑެންޓް ވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 2:42 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓްގައި ޕިކަޕް ދުއްވަން އިން ޑްރައިވަރަށާއި ޕިކަޕްގައި އިން ބިދޭސީ ފިރިހެނަކަށް އަނިޔާވެފައިވެ، ދެ މީހުންނަށް ވެސް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މި އެކްސިޑެންޓްގެ ސަބަބުން ޕިކަޕަށާއި ބްރިޖްގައި ހުރި ޑިވައިޑަރތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މި މައްސަލައާ ގުޅިގެން ޕިކަޕް ޑްރައިވަރުގެ ލައިސަންސް ވަނީ ވަގުތީ ގޮތުން ހިފަހައްޓާފައެވެ. އަދި އެކްސިޑެންޓްވި ޕިކަޕް ވަނީ އެ ޓޯވ ކޮށްފަ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު