ކުއްލި ޚަބަރު

ވާނުވާ ބަންދުގައި އަހަރު ދުވަސްވީ މައްސަލަތައް މާޗް މަހަށް ނިންމަނީ

ކުރިން ދޫކޮށްފައިވާ ގޯތިތަކަށް ދައްކަންޖެހޭ ފައިސާގެ ބައެއް އުނިކުރާނަން: ރައީސް

ހުޅުމާލެ ފޭސް ތިނަކާއި ފަރުކޮޅުފުށި ގުޅުވާލައިފި

ފަލަސްތީނުގެ މިނިވަން ދައުލަތް މިވަގުތަށް ބަލައިނުގަތުމަށް ޖަޕާނުން ނިންމައިފި

ޖަޕާނު ސަރުކާރުގެ ޚާރިޖީ ވަޒީރު ޓަކެޝީ އިވަޔާ:

ފަލަސްތީނުގެ މިނިވަން ދައުލަތް މިވަގުތަށް ބަލައިނުގަތުމަށް ޖަޕާނުން ނިންމައިފިއެވެ.

ޖަޕާނު ސަރުކާރުގެ ޚާރިޖީ ވަޒީރު ޓަކެޝީ އިވަޔާ ވިދާޅުވީ، ދެދައުލަތުގެ ހައްލަށް ޖަޕާނުން ތާއީދުކުރާ ކަމަށެވެ.

ޓަކެޝީ ވިދާޅުވީ، މިވަގުތަށް މުހިންމީ ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަންނަންވީތޯ ނުވަތަ ނޫންތޯ ބެލުމެއް ނޫން ކަމަށާއި މުހިންމީ އެކަން ކުރާނީ ކޮންއިރަކުތޯ ބެލުން ކަމަށެވެ.

އިސްތިއުމާރީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޖަޕާނުން ގެންދަނީ “ވަކި ކޮޅަކަށް ނުޖެހޭ” ސިޔާސަތެއް ދަމަހައްޓަމުންނެވެ.

އެމެރިކާއަކީ ޖަޕާނުގެ އެންމެ ގާތް އެއް ބައިވެރިޔާކަމުން، އެމެރިކާ ރުޅިއަރާނޭ އެއްވެސް ފިޔަވަޅެއް ޖަޕާނުން ނާޅައެވެ. ހަމަ އެއާއެކު، ހަކަތައިގެ ދާއިރާއިން މެދުއިރުމަތީގެ ގައުމުތަކާ އޮންނަ ގުޅުންވެސް ގޯސްވާނޭ ކަމެއް ނުކުރެއެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރާ ގައުމުތަކުގެ އަދަދު 143 ގައި އޮތްއިރު، މިމަހު ފަހުކޮޅު ބާއްވާ އދގެ އާންމު މަޖިލީހުގެ ޖަލްސާގެ ތެރޭގައި، ފަލަސްތީނު ދައުލަތް އިތުރު އެތައް ގައުމަކުން ގަބޫލުކޮށް އެކަން އިއުލާން ކުރާނެ ކަމަށް ބުނެފައި ވެއެވެ. އޭގެ ތެރޭގައި ޔޫރަޕްގެ ބޮޑެތި ގައުމުތައްވެސް ހިމެނެއެވެ.

ފަލަސްތީނު – އިސްރާއީލު މައްސަލަ ދާއިމީގޮތެއްގައި ހައްލުކުރުމަށް މެމްބަރު ގައުމުތަކުން ކުރިން އެކަށައަޅައި ހުށަހެޅި “ދެދައުލަތުގެ ހައްލު” ގަރާރު އދގެ އާންމު މަޖިލީހުގެ 142 ގައުމުގެ އަޣުލަބިއްޔަތުން މިދިޔަ ހަފްތާގައިވަނީ ފާސްކޮށްފައެވެ.

މި ގަރާރަށް އެމެރިކާއާއި އިސްރާއީލުން ދެކޮޅު ހަދާފައިވާއިރު، މިމަހު ފަހުކޮޅު ބާއްވާ އާންމު މަޖިލީހުގެ ޖަލްސާގެ ތެރޭގައި، ފަލަސްތީނު މިނިވަން ދައުލަތް ބަލައިގަތުމުގެ މަސައްކަތްތަކާއި، ހަރަކާތްތައް ރާވާފައިވާތީ އެކަމަށް އެމެރިކާއިން ގެންދަނީ ހުރަސް އަޅަމުންނެވެ.

އެގޮތުން، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާއި، ފަލަސްތީނު ވަފުދަށް އެމެރިކާއިން ވިސާ ނުދޭން ނިންމާފައި ވާއިރު، އެމެރިކާއާ ދެކޮޅުވެރި ގައުމުތަކަށް ވިސާދޭން އަދިވެސް ގެންދަނީ ފަސްޖެހެމުންނެވެ.

އދއާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، އދގެ ޖަލްސާތަކަށް އެމެރިކާއަށްދާ އެއްވެސް ގައުމެއްގެ ވެރިޔަކަށް އަދި މަންދޫބަކަށްވެސް ވިސާނުދީ ހިފެހެއްޓުމުގެ ބާރެއް އެމެރިކާއަކަށް ނޯވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސްޕެއިންގެ ބޮޑުވަޒީރު ޕޯސްޓްކުރެއްވި މި ފޮޓޯއިން އިސްރާއީލުގެ ހިތަށް ވަރަށް ތަދުވެއްޖެ

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއެކު ސުނާމީގެ އިންޒާރު ނެރެފި، ރާޅުތަކުގެ އުސްމިން 3 މީޓަރުގައި ހުރެދާނެ

ފަލަސްތީނު ގައުމީ ޓީމުގެ ކޯޗަށް އެންމެބޮޑު ހިތްވަރަކާއި އުންމީދެއް ދެނީ ޣައްޒާގައި ހުރި އޭނާގެ މަންމަ

ބަރްޣޫތީއަށް އަނެއްކާވެސް ލާއިންސާނީ ބޮޑެތި އަނިޔާތަކެއް ކުރުން: އާއިލާއިން ބުނަނީ އިސްރާއީލުން އުޅެނީ އޭނާ އަވަހާރަކޮށްލަން ކަމަށް

TTH_advertisement