ޔަމަނުގެ ހޫޘީން ކާމިޔާބު ކަމާއެކު އިސްރާއީލަށް ޑްރޯން ހަމާލާއެއް ދީފިއެވެ.
ޑްރޯން ހަމަލާ އަންނަ ކަމުގެ އިންޒާރު އިސްރާއީލުގައި ޖަހަންފެށިތަނާ ޑްރޯންވަނީ އޭގެ އަމާޒަށް ވާސިލްވެފައެވެ.
ހޫޘީން ޑްރޯން ހަމަލާ ދިނީ އިސްރާއީލުގެ އީލާތު ޕޯޓަށެވެ. އެ ޕޯޓަށް ޑްރޯން ކާމިޔާބު ކަމާއެކު އަމާޒުވާ ގޮވައި، ދުންއަރަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.
އަދި އާންމުން ބިރުން ދުވަމުންދާ މަންޒަރުތައްވެސް ވީޑިއޯތަކުން ފެނެއެވެ.
އެ ސަރަހައްދުގައި ރެސްކިއު ޓީމުތައް މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް އިސްރާއީލު މީޑިއާއިން ބުނެއެވެ.
ޑްރޯން ހަމަލާ އަމާޒުވީ އީލާތު ޕޯޓުގެ ހޮޓެލް ސަރަހައްދަށް ކަމަށް، އިސްރާއީލު ސްޓޭޓް މީޑިއާއިން ބުނެއެވެ.
ހޫޘީން ހަމަލާދިނީ ކަމިކާޒޭ މަރުކާގެ ޑްރޯންއަކުން ކަމަށް ވެއެވެ. އެއީ، ގޮވާތަކެތި ހަރުކޮށްގެން ހަމަލާދޭ އަމާޒަށް ވައްޓައި ގޮއްވާލައިގެން ހަމަލާދޭ ބާވަތުގެ ޑްރޯންއެވެ.
ބެލިސްޓިކް މިސައިލާއި ޑްރޯން ފޮނުވައި ހޫޘީން އިސްރާއީލުގެ ރަށްތަކަށް ހުއްޓާނުލާ ހަމަލާތައް ދެމުންގެންދާއިރު، ހޫޘީންވަނީ ކަނޑުމަގުވެސް އިސްރާއީލަށް ބަންދުކޮށްފައެވެ.
އިސްތިއުމާރީ އިސްރާއީލަށް ހޫޘީން ހަމަލާތައް ދެމުން ގެންދަނީ، ޣައްޒާގައި ހިންގާ އުދުވާނުތައް ހުއްޓުވަން އިސްރާއީލަށް ޕްރެޝަރ ކުރުމުގެ ގޮތުންނެވެ.
ހޫޘީންގެ ހަމަލާތަކަށް ބަދަލު ހިފުމުގެގޮތުން އިސްރާއީލުން ދޭތެރެ ދޭތެރެއިން ގެންދަނީ ޔަމަނުގެ ވެރިރަށް ސަންޢާއަށާއި، ޔަމަނުގެ އެހެން ރަށްތަކަށް ބޮންއަޅަމުންނެވެ.
ހޫޘީން ބުނަނީ، އިސްތިއުމާރީ ބާރުން މުޅިންވެސް ހަމަލާދެނީ އާންމު ތަންތަނަށް ކަމަށާއި، ހަމަލާތަކުގައި މުޅިންވެސް މަރުވަނީ ކުޑަކުދިންނާއި އާންމުން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު