މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން މިއަހަރު ކުރިއަށްގެންދާ އެޕެރެންޓިޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދާ މި އަހަރު ޕްރޮގްރާމްގައި ހުޅުވާލާފައި ވަނީ މެރީން މެކޭނިކް، ހެވީ ވެހިކަލް މެއިންޓެނެންސް، އިލެކްޓްރީޝިއަން އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސް، އެޑްމިނިސްޓްރޭޓިވް، ފަރުނީޗަރު ކާޕެންޓްރީ އަދި ވެލްޑިން ޓްކްނިކްސްގެ ޖާގައަށެވެ.
އެމްޕީއެލްއިން މި ފަހަރު ތަމްރީންކުރާ ދާއިރާތަކާއި ކުދިންގެ އަދަދު:
މެރީން މެކޭނިކް – 3 ފަރާތެއް
ހެވީ ވެހިކަލް މެއިންޓެނެންސް – 10 ފަރާތެއް
އިލެކްޓްރީޝިއަން އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސް – 6 ފަރާތެއް
އެޑްމިނިސްޓްރޭޓިވް – 1 ފަރާތެއް
ފަރުނީޗަރު ކާޕެންޓްރީ – 4 ފަރާތެއް
ވެލްޑިން ޓްކްނިކްސް – 6 ފަރާތެއް
އެމްޕީއެލް އިން ވިދާޅުވީ، މި ޕްރޮގްރާމަށް ހޮވޭޭ ފަރާތްތަކަށް ކޮންމެ މަހަކު -/5000 ރުފިޔާގެ އެލަވަންސްއެއް ލިބޭއިރު، މިއީ ހަ މަސް ދުވަހުގެ މުއްދަތަަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އެމްޕީއެލްގެ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަނޑިއަކީ 29 ސެޕްޓެމްބަރުގެ 15:30 ގެ ކުރިންނެވެ.
މި ޕްރޮގްރާމް އާ ބެހޭ އިތުރު މައުލޫމާތު، އަދި ބައިވެރިވުމަށް އެދޭ ފޯމް ގެޒެޓްކޮށްފައިވާ އިއުލާންގައި ވާނެއެވެ.
އެމްޕީއެލްގެ ޕްރޮގްރާމްތަކަށް މީގެ ކުރިންވެސް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު