ކުއްލި ޚަބަރު

އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ ކަންކަން ކަނޑައެޅުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނަގަނީ

މޯލްޑިވްސް ނޭޝަނަލް ސާރވިސްގެ ފުރަތަމަ ބުރަށް ހޮވުނު 340 ބައިވެރީން ފުރައިފި

ގާޒާ ސިޓީގައި ތިބި މިލިއަނަކަށްވުރެ ގިނަ މީހުން ރަށުން ފޭބުމަށް 48 ގަޑިއިރުގެ މުހުލަތު ދީފި

ކުރިމަގު ސައްލާ: ފުރަތަމަ ބައްދަލުވުން ތިލަދުންމަތީގައި މިއަދު އޮންނާނެ

ދިވެހިރާއްޖޭގެ 20 އަހަރުގެ ކުރިމަގު ބިނާ ކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް “ކުރިމަގު ސައްލާ”ގެ ނަމުގައި ބާއްވާ، ރައްޔިތުންގެ ބައްދަލުވުންތަކުގެ ސިލްސިލާގެ ފުރަތަމަ ބައްދަލުވުން، ތިލަދުންމަތީގައި ފެށުމަށް ތާވަލުކޮށްފި އެވެ.

އެގޮތުން މި ސައްލާގެ އެންމެ ފުރަތަމަ ބައްދަލުވުން މިއަދު ހއ ހޯރަފުށީ އަތޮޅު މަދަރުސާގައި ބާއްވަން ވިލުންތެރި ރާއްޖެ 2045 އޮފީހުން ވަނީ ނިންމާފައެވެ

ތިލަދުންމަތީގައި މި ފަށާ ކުރިމަގު ސައްލާތައް ތިލަދުންމަތީ އުތުރުބުރިއާއި ތިލަދުންމަތީ ދެކުނުބުރީގެ ހުރިހައި ރަށެއްގައި މި މަހުގެ ނިޔަލަށް ނިންމަން ވަނީ ތާވަލުކޮށްފައެވެ.

ކުރިމަގު ސައްލާ ބައްދަލުވުމަކީ ރަށުގެ ކުދިބޮޑު ހުރިހައި ރައްޔިތުންގެ ބައިވެރިވުން ހިމެނޭހެން، އަދި ހުރިހައި ދާއިރާއަކަށް ދައުވަތު އަރުވައިގެން ކުރިއަށް ގެންދާ ބައްދަލުވުންތަކެކެވެ. މި ބައްދަލުވުންތައް އޮންނާނެ ދުވަހާއި ތަނާއި ގަޑީގެ ތަފްޞީލްތައް އެރަށެއްގެ ކައުންސިލްގެ ފަރާތުންނާއި، ވިލުންތެރި ރާއްޖެ 2045 ގެ ޓީމުން އަދި މީޑިއާތަކުން ވެސް ޢާންމު ކުރާނެއެވެ.

ކުރިމަގު ސައްލާ އަކީ ކުރިއަށް އޮތް 20 އަހަރަށް ދިވެހިރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްޤީ ރައްޔިތުން ތަޞައްވުރު ކުރާ ގޮތް ހޯދުމަށް ވިލުންތެރި ރާއްޖެ 2045 ގެ ޓީމުގެ ފަރާތުން ކުރިއަށް ގެންދާ ރަށު ބައްދަލުވުން ތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ ކަންކަން ކަނޑައެޅުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނަގަނީ

MPL Rishvan

އެމްޕީއެލްގެ އެޕެރެންޓިޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި

މޯލްޑިވްސް ނޭޝަނަލް ސާރވިސްގެ ފުރަތަމަ ބުރަށް ހޮވުނު 340 ބައިވެރީން ފުރައިފި

MIB Islamic bank

ފަންސަވީސް ވަނަ ދުވަހުން ފެށިގެން އިސްލާމިކް ބޭންކުގައި ޗައިނީޒް ޔުއާން ބޭނުންކުރެވޭނެ: އެމް.އައި.ބީ

TTH_advertisement