ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިނިސްޓަރު އާދަމް ޝަރީފް އުތީމު ކައުންސިލްގެ ރައީސާ ބައްދަލުކުރައްވައިފި

Mal

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު، ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދާ ބައްދަލުކުރައްވައިފިއެވެ.

މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި އުތީމުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ސްޓޭޓް ހައުސްގެ މަސައްކަތާއި، އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާގެ މަސައްކަތާއި، ރަށުގެ ކުޑަކުދިންގެ ޕާކުގެ މަސައްކަތާއި އަދި ރަށުގައި ކުރިއަށްދާ ތަރައްޤީގެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވިފައިވާ ކަމަށް ސިޓީސް އެންޑް ލޯކަލް ގަވަރމަންޓް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ނޮވެންބަރ މަހު އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ތިލައުތުރު ފްޓަސަލް މުބާރާތާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި މިނިސްޓަރގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދާއި، ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރާއި އުތީމު ހިމެނޭ ކުލަސްޓަރގެ ކަންތައް ބެލެހެއްޓުމުގައި އިސްކޮށްކޮށް ޙަރަކާތްތެރިވެ ލައްވާ ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު ޙަސަން ބައިވެރިވެވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

އުތީމުގައި ނުވަ ދުވަސްވީ ކުއްޖަކު މަރުވި މައްސަލައެއް ތަހުގީގުކުރަން ފަށައިފި

minister adam shareef

ކައުންސިލަކީ ރަށެއްގެ އެންމެ އިސް މުއައްސަސާކަން ބަލައިގަންނަން ޖެހޭ: މިނިސްޓަރ

66

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

778

މަސްދަޅު ކޭސް ބެހުން ބާރަށް ކުރިއަށް، 4000އަށްވުރެ ގިނަ ގޭބިސީއަކުން ނަންބަރު ނަގައިފި