ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

އިސްރާއީލޭ ކިޔުނު ފޭކް ދައުލަތާއެކު އޮންނަ ހުރިހާ ގުޅުންތަކެއް ކަނޑާލަން އީރާނުގެ ރައީސް އިސްލާމީ އުންމަތަށް ގޮވާލައްވައިފި

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އ

އިސްރާއީލޭ ކިޔުނު ފޭކް ދައުލަތާއެކު އޮންނަ ހުރިހާ ގުޅުންތަކެއް ކަނޑާލުމަށް، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އިސްލާމީ އުންމަތަށް ގޮވާލައްވައިފިއެވެ.

ދޯހާ ސަމިޓަށް މިއަދު ހެނދުނު ފުރާވަޑައިގެންނެވުމުގެ ކުރިން އީރާނުގެ ރައީސް ވިދާޅުވީ، އިސްރާއީލުން ހިންގާ އަނިޔާވެރިކަމާ ދެކޮޅަށް ބަދަހިކަމާއި، ވީހާވެސް އެއްބައިވަންތަކަމުގައި އިސްލާމީ އުންމަތް އޮތުން މުހިންމު ކަމަށެވެ.

މުޅި އިސްލާމީ އުންމަތް އެކަތިގަނޑެއްގެ ގޮތުގައި އޮވެއްޖެނަމަ، ޒަޔަނިސްޓު ދައުލަތަށް އިސްލާމީ  ގައުމުތަކަށް އެހާ ފަސޭހައިން ހަމަލާދޭކަށް ނުކެރޭނެ ކަމަށްވެސް އީރާނުގެ ރައީސް ވިދާޅުވިއެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ، ގަތަރުގައި މިއަދު ބާއްވާ އަރަބި އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ ކުއްލި ސަމިޓުން، އިސްރާއީލުން ގަތަރަށް ދިން އުދުވާނީ ހަމަލާއަށް ރައްދުގެގޮތުން އިސްރާއީލާ ދެކޮޅަށް އަޅާނޭ ފިޔަވަޅުތަކާ މެދު ގޮތެއް ނިންމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އީރާނުގެ ރައީސްގެ ވާހަކަފުޅުގައި، ޒަޔަނިސްޓު ދައުލަތުން އިސްލާމީ އެތައް ގައުމަކަށް ދެމުންގެންދާ ހަމަލާތަކާއި، އަދި، އެމެރިކާއާއި ޔޫރަޕްގެ ތާއީދާއެކު ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ  ޖަރީމާތައް ވަރަށް ބޮޑަށް ކުށްވެރި ކުރެއްވިއެވެ.

އިސްރާއީލާއެކު އޮންނަ ހުރިހާ ގުޅުންތަކެއް ކަނޑާލުމަށް އީރާނުގެ ރައީސް ގޮވާލެއްވިއިރު، އިސްރާއީލުން ޣައްޒާގެ ނަސްލުނައްތާލަމުން ދިއުމާއި، އިސްލާމީ ބައެއް ގައުމުތަކަށް ކޮންމެ ދުވަހަކު ހަމަލާދެމުން ދިއުމާއެކުވެސް، އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކޮށްފައިވާ އަރަބި އަދި އިސްލާމީ ގައުމުތަކުން ގުޅުން ކަނޑައެއް ނުލައެވެ.

ނުވިތާކަށް، ސިޔާސީ ގުޅުން ގާއިމް ނުކުރި ނަމަވެސް، އިސްރާއީލާއެކު ވިޔަފާރިއާއި، މާލީ އަދި އެނޫން މުއާމަލާތްތައް ހިންގާ ގައުމުތަކުންވެސް އެކަން ހުއްޓާލާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާއިން މިއަދުވެސް 8 މީހުން ޝަހީދުކޮށްލައިފި، ރޭގަނޑު މީހުން ނިދަންތިއްބައި ދޭ ހަމަލާތައް އިތުރުކޮށްފި

ނަތަންޔާހޫ މިނަށްވުރެ އަނގަގަދައީ: އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް

Ist2

ހުޅަނގު އައްސޭރީގެ އިސްތިއުމާރު އިތުރަށް ފުޅާކުރަން އިސްރާއީލުން ނިންމި ނިންމުން ދުނިޔެއިން ކުށްވެރިކުރަނީ

ކިތަންމެ ބިރެއް ދެއްކިޔަސް މިނިވަންކަމާ ގުޅޭ ކަމެއްގައި ދޫދިނުމެއްނެތް: އީރާނުގެ ޚާރިޖީ ވަޒީރު

TTH_advertisement