ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

“ދެދައުލަތުގެ ހައްލު” ގަރާރު އދގެ އާންމު މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި

އދގެ އާންމު މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ:

ފަލަސްތީނު – އިސްރާއީލު މައްސަލަ ދާއިމީގޮތެއްގައި ހައްލުކުރުމަށް ހުށަހެޅިފައިވާ “ދެދައުލަތުގެ ހައްލު” ގަރާރު އދގެ އާންމު މަޖިލީހުން ފާސްކޮށްފިއެވެ.

“ނިއުޔޯކް ޑިކްލަރޭޝަން” ގެ ނަމުން ނަންދީފައިވާ މި ގަރާރު ފާސްކުރުމަށް ވޯޓަށް އެހުމުން، ގަރާރު ފާސްކުރުމަށް އދގެ 142 މެމްބަރު ގައުމުން ވޯޓު ދީފައި ވެއެވެ.

ގަރާރު ފާސްކުރުމާ ދެކޮޅަށް ވޯޓު ދީފައިވަނީ 10 ގައުމަކުންނެވެ. އަދި ވޯޓުގައި ބައިވެރި ނުވަނީ 12 ގައުމުންނެވެ.

ގަރާރު  ފާސްކުރުމާ ދެކޮޅަށް ވޯޓުދިނީ، އެމެރިކާއާއި، އިސްރާއީލުގެ އިތުރުން، އާޖެންޓީނާ، ހަންގޭރީ، މައިކްރޮނޭޝިޔާ، ނައޫރޫ، ޕަލާއު، ޕަޕުއާ ނިއުގިނީ، ޕެރެގުއޭ، އަދި ޓޮންގާއިންނެވެ.

ގަރާރު ފާސްކުރުމަށް 142 ގައުމުން ވޯޓުދިނުމާއެކު، އާންމު މަޖިލީހުގެ ޖަލްސާ ހިނގަމުންދިޔަ މާލަމުގައި އަތްތިލަބަޑީގެ އަޑުފަށްގަނޑު ގުގުމައިގެންދިޔައެވެ.

“ދެދައުލަތުގެ ހައްލު” ގަރާރަކީ، އެކަން ތަންފީޒުކުރުމުގެ މަގަށް މަސައްކަތް ކުރުމަށް ހަރަކާތްތެރި، ވަގުތު ކަނޑައެޅިފައިވާ، ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ގަރާރެކެވެ.

މި ގަރާރަކީ ސައުދީ އަރަބިއްޔާއާއި، ފްރާންސް އިސްނަގައިގެން ޖުލައިމަހު ބޭއްވި އދގެ ކޮންފަރެންސުން އެކަށައެޅި ގަރާރެކެވެ. ޖުލައިމަހު ބޭއްވި ކޮންފަރެންސް އެމެރިކާއާއި އިސްރާއީލުން ބޮއިކޮޓްކުރިއެވެ.

އދގެ ކޮންފަރެންސްއިން އެކަށައެޅި ގަރާރު، އދގެ އާންމު މަޖިލީހުން ފާސްކުރުމުން ފަލަސްތީނު ސަރުކާރުންވަނީ އެކަމަށް މަރްހަބާ ކިޔާފައެވެ.

ފަލަސްތީނު ސަރުކާރުގެ ޚާރިޖިއްޔާއިންވަނީ، މި ގަރާރު، ޢަމަލުކުރެވޭނެ ޕްލޭނަކަށް ހެދުމަށް ސައުދީ އަރަބިއްޔާއާއި، ފްރާންސުން ކުރި މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.

ހަމަ އެއާއެކު، އިސްރާއީލުގެ އިސްތިއުމާރީ ހިސާރު ނިމުމަކަށް ގެނައުމަށް ހުރިހާ މެކޭނިޒަމްތަކެއް އެކްޓިވޭޓް ކުރުމަށާއި، ފަލަސްތީނު ރައްޔިތުންގެ ޝަރުއީ ހައްގުތައް ހާސިލްކުރުމަށް މަސައްކަތް ފެށުމަށްވެސް ފަލަސްތީނު ޚާރިޖިއްޔާއިން ގޮވާލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގެ ވެރިކަން ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށްލުމާ ދެކޮޅު: ޣައްޒާގެ ޖަމާއަތްތައް

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ހައްޔަރުކޮށްދިނުމަށް ބެން-ގްވީރް، ނަތަންޔާހޫގެ ކިބައިން އެދިއްޖެ

ނިއުޔޯކް ސިޓީގެ މިހާރުގެ މޭޔަރު ގޮވާލަނީ މަމްދާނީ ހުވާކުރައްވާ ރަސްމިއްޔާތުގައި ނަތަންޔާހޫ ބައިވެރިވުމަށް

ސެމްސަންއާ ގުޅިގެން އިސްރާއީލުން ދުނިޔޭގައި ޖާސޫސްކުރާ ކަމަށް ދެކެވޭ ވާހަކަތައް

TTH_advertisement