ކުއްލި ޚަބަރު

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

ބާރަށު ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމީމް ހޮވިއްޖެ

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ތަރައްގީގެ މަސައްކަތް ކުރުމަށް ރަސްފަންނުގެ ބައެއް ބަންދުކޮށްފި

Mal

ރަސްފަންނު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ރަސްފަންނު ސަރަޙައްދުން ބައެއް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ، ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.

އަދި، މިމަސައްކަތް ހިނގާ މުއްދަތުގައި، މި މަސައްކަތް ކުރިއަށް ގެންދާ ސަރަހައްދުތައް ވަގުތީގޮތުން ބަންދުކުރަމުންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ރަސްފަންނު ސަރަހައްދު ތަރައްޤީ ކުރުމުގެ މަސައްކަތް ދެ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. އެއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރަސްފަންނު ގޮނޑުދޮށް ގިރުމުގެ މައްސަލަ ޙައްލުކުރުމާއި، ބޭރު ތޮށި އިސްލާޙުކޮށް މޫދަށް އެރޭ ސަރަޙައްދުގައި ފެން ދައުރުވުން ރަނގަޅުކުރުމާއި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތެވެ. އަދި އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ އާންމު ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތެވެ. މީގެ ތެރޭގައި ފާޚާނާ ބަރިއަކާއި، ފެން މާގަނޑު އަދި ލޮކަރު ފަދަ ވަސީލަތްތައް ހިމެނެއެވެ.

މިއަހަރުގެ ފެބްރުއަރީ 14 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަސްފަންނާއި ސަލްޓަން ޕާކު މިހާރަށްވުރެ ފުރިހަމައަށް ތަރައްޤީ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މިހާރު ސަލްޓަން ޕާކުގެ މަރާމާތުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

2016 ވަނަ އަހަރު ހުޅުވުނު ރަސްފަންނަކީ އޭރުގެ ހައުސިންގ މިނިސްޓަރު އަދި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދައުރުގައި ހުޅުވުނު ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Izaam

ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގައި ތޫނު އިތާތަކެއް

މިވަގުތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ރަސްފަންނު ހުޅުވާލައިފި

TTH_advertisement