ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ޝަރުޢީ ދާއިރާގެ މާލީ މިނިވަންކަން ކަށަވަރުކުރުމަށް ބްލޮކް ގްރާންޓެއް ދިނުމަށް ރައީސް ނިންމަވައިފި

ރާއްޖޭގެ ޝަރުޢީ ދާއިރާގެ ފުރިހަމަ މާލީ މިނިވަންކަން ކަށަވަރު ކުރުމަށް ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އެމަނިކުފާނު މިގޮތަށް ނިންމެވީ ބުދަ ދުވަހު ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

ރައީސުލްޖުމްޙޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަރުޢީ ދާއިރާ މިނިވަންކަމާއެކު ކުރިއަށްގެންދިއުމަށް އެންމެ މުހިންމު ކަމަކީ އެ ދާއިރާއަށް މާލީ މިނިވަންކަން ލިބިގެންދިއުން ކަމަށެވެ. އެކަމަށް މަގުފަހިކުރުމަށްޓަކާ ކުރެވެމުންދާ ކަންކަމުގެ ތެރެއިން މާލީގޮތުންނާއި އިދާރީގޮތުން މިހާތަނަށް ނެތް މިނިވަންކަން އަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން ފެށިގެން ލިބިގެންދާނެ ބޮޑު ބަދަލެއް ގެންނެވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޝަރުޢީ ދާއިރާއަށް ކަނޑައަޅުއްވައި، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރުމަށް ނިންމަވާފައިވާ ކަމަށެވެ. މި ބްލޮކް ގްރާންޓް ދެވޭނީ ޝަރުޢީ ދާއިރާގެ ފުރިހަަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ޚަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ލިބޭގޮތަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޝަރުޢީ ދާއިރާއަށް ކަނޑައަޅުއްވާ އިންސައްތައަކީ މިހާތަނަށް ޝަރުޢީ ދާއިރާއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންތަކަށްވުރެ ބޮޑު ޢަދަދެއް ކަމަށް ކަނޑައަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މިކަމަށްޓަކާ ޤާނޫނީގޮތުންނާއި، ފަންނީ ގޮތުންނާއި ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފުރިހަމަގޮތުގައި މިނިވަންވެފައިވާ ޝަރުޢީ ދާއިރާއެއް އޮތުމަށް އެމަނިކުފާނު ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިންވެސް ވަނީ އެކި ފަހަރުމަތިން ވިދާޅުވެފައެވެ. އެގޮތުން، ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ ދާއިރާ ފުރިހަމަގޮތުގައި މިނިވަންކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވާއިރު ޝަރުޢީ ދާއިރާގެ ހިންގުން ހަރުދަނާކުރުމަށް ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހުތަކެއްވެސް ވަނީ މި ދައުރުގެ ތެރޭގައި ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Muizzu shaheed ali school

ފަރުޟް ފަސް ނަމާދު އަދާކުރުމަށް ހުރިހާ ލޮބުވެތި ދަރިވަރުންނަށް އިލްތިމާސްކުރަން: ރައީސް

raees muiz

ކުރިމަގު ގައުމަށް ހޯދައިދެވޭނީ ތައުލީމީ ޒިންމާ އަދާކުރުމުގައި އިހުލާސްތެރިވީ މިންވަރަކުން: ރައީސް

ވަތަނީ ހިދުމަތުގެ ދަރިވަރުންނަކީ އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް އިސްކަމެއް ދެވޭނެ: ރައީސް

students

ވޭތުވެދިޔަ ދެ އަހަރު ހިލޭ ޑިގްރީ ސްކީމުގެ ދަށުން 6،000 ކުދިން ދަސްވެނިވެއްޖެ: ރައީސް

TTH_advertisement