ކުއްލި ޚަބަރު

ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް ފަހުމީ އައްޔަންކޮށްފި

މަހުލޫފް އެމްޑީޕީން ވަކިވެވަޑައިގެންފި

މާލޭ ގެއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިން ލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލްގެ ކޯހެއް ފަށަނީ

410283093 768792568627022 6908817978361705794 n

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިޝާރާތް ބަސް (ސައިން ލޭންގުއޭޖް)ގެ ސެޓްފިކެޓް ލެވެލްގެ ކޯހެއް ފަށަން ތައްޔާރުވެއްޖެއެވެ.

އެ ކޯހަކީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ އިސްނެގުމުގެ މަތިން ގައުމީ ޔުނިވާސިޓީ، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއެކު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެ ޔުނިވާސިޓީން ފަށާ ކޯހެކެވެ.

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ އެހެން މީހުންނެކޭވެސް އެއްގޮތަށް ކަންކަމުގައި ޝާމިލުވެ އުޅޭ، އަދި ހިދުމަތް ހޯދުމުގައި ވެސް އެ ފަރާތްތަކަށް ފަސޭހަކަން ލިބިފައިވާ ބައެއްކަން ކަށަވަރުކުރުމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ބައެވެ.

ރައީސްގެ އެ ތަސައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުއާމަލާތުކުރުމަށް ބޭނުންކުރާ ސައިން ލޭންގުއޭޖް ވީހާވެސް ގިނަ ބަޔަކަށް ދަސްކޮށްދިނުމާއި، ސައިން ލޭންގުއޭޖުން މުއާމަލާތުކުރުމަކީ އަހުލުވެރި ކަމަކަށް ހެދުމުގެ އަމާޒުގައި އެ މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މުއާމަލާތުކުރުމަށާއި، އެހެން ފަރުދުންނެކޭވެސް އެއްގޮތަށް ސަރުކާރުގެ އިދާރާތަކުން ހިދުމަތް ހޯދުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީން ވަނީ އޮންލައިން ސައިން ލޭންގުއޭޖް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮގްރާމުގައި ސަރުކާރުގެ އެކި މިނިސްޓްރީތަކުންނާއި، މުއައްސަސާތަކާއި ކުންފުނިތައް ހިމެނޭހެން 130 އަށްވުރެ ގިނަ ފަރާތްތައް ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ.

އެ މިނިސްޓްރީން މިހާރު ގެންދަނީ އޮންލައިން ސައިން ލޭންގުއޭޖް އެޑްވާންސް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ ތައްޔާރީތައް ވަމުންނެވެ.

އެއާއެކު ފުރަތަމަ ފަހަރަށް ސެޓްފިކެޓް ލެވެލްގެ ސައިންލޭންގުއޭޖް ކޯހެއް ގައުމީ ޔުނިވާސިޓީގައި ކިޔަވައިދިނުމަށް ނިންމައި އެ ފުރުސަތު ހުޅުވާލުން ވެގެން ދިޔައީ، މިނިސްޓްރީން ސައިން ލޭންގުއޭޖަށް އާންމުން އަހުލުވެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރުވި ބޮޅަކަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން ސައިން ލޭންގުއޭޖް ސެޓްފިކެޓް ލެވެލް 3 ގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ގައުމީ ޔުނިވާސިޓީން ވަނީ ހުޅުވާލައިފައެވެ. ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ކޯހުގައި 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ޖީސީއީ އޯލެވެލް ހަދާފައިވާ އަދި ސެޓްފިކެޓް ލެވެލް 2 ފުރިހަމަކޮށްފައިވާ ކޮންމެ ފަރާތަކަށް ވެސް ކުރިމަތިލެވޭނެއެވެ.

މިނިސްޓްރީން ބުނީ ސައިން ލޭންގުއޭޖް ކޯސް ފުރިހަމަކޮށް، ގިނަ ބަޔަކު ސައިން ލޭންގުއޭޖަށް އަހުލުވެރިވަމުން އަންނަކަމުގައިވާ ނަމަ، ސައިން ލޭންގުއޭޖަކީ ހަމައެކަނި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެ ފަރާތްތަކުގެ އާއިލާ މެމްބަރުން ބޭނުންކުރާ އެއްޗަކަށް ވެފައި އޮތުން ނިމުމަކަށް އައިސް، މުޖުތަމައުގެ އެހެން މީހުންނެކޭ ވެސް އެއްގޮތަށް އަޑުއުވިއުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުއާމަލާތުކުރުމުގަޔާއި، ވަޒީފާގެ މާހައުލުގައި ހަރަކާތްތެރިވެ އުޅުމާއި، ހިދުމަތްތައް ހޯދުމުގައި އަދި މުޖުތަމައުގެ ކަންކަމުގައި ބައިވެރިވެ އުޅުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.

ހަމައެއާއެކު، އެއްވެސް ފަރުދަކު ބާކީނުވެ އެންމެން ޝާމިލުވާ، އެންމެންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބިގެންދާ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ވެސް އެފަދަ ކަންކަމުން ވަރަށް ބޮޑަށް ބާރުލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

11

ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް ފަހުމީ އައްޔަންކޮށްފި

11

މާފަރު ފަޅަކީ އއ. ފެރިދޫގެ ބައެއްކަމުގައި ކަނޑައަޅައިފި

11

މަހުލޫފް އެމްޑީޕީން ވަކިވެވަޑައިގެންފި

މާލޭ ގެއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް

ELL Mobile Advertisement TTH_advertisement