ކުއްލި ޚަބަރު

ރިސޯޓެއްގައި ނިޔާވި އަދީލް އޮޓޮޕްސީ ހެދުމަށް ފަހު ވަޅުލައިފި

ހައިވޭގައި ޕިކަޕެއް ފުރޮޅާލައި އެކްސިޑެންޓެއް

މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑް 2025 އަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވިލިމާލޭ މާރުކޭޓް ހެދި ކުންފުންޏަށް ނުދައްކާހުރި ފައިސާ ދައްކަން ހުކުމްކޮށްފި

112

ވިލިމާލޭގައި ވަގުތީ ލޯކަލް މާރުކޭޓް އެޅި ގްލޯރިއަސް ޓްރޭޑިންގ އެންޑް ޝިޕިން އަށް 150،000 އަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން މާލެސިޓީ ކައުންސިލްގެ މައްޗަށް ހުކުމްކޮށްފިއެވެ.

ވިލިމާލޭގައި ވަގުތީ ލޯކަލް މާރުކޭޓެއް އެޅުމަށް މާލޭ ސިޓީ ކައުންސިލުން ގްލޯރިއަސް ޓްރޭޑިންގ އެންޑް ޝިޕިން ކުންފުންޏާ ހަވާލުކުރީ 2022 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ ދެވަނަ ދުވަހުއެވެ.

މި މަސައްކަތް އެކުންފުންޏާ ހަވާލުކުރީ 2.5 މިލިއަން ރުފިޔާގެ އަގަކަށެވެ. ގްލޯރިއަސް ކުންފުނިން މާލޭ ސިޓީ ކައުންސިލާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވަނީ، މާރުކޭޓު ނިމި ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުންވެސް އެކުންފުންޏަށް ދޭންޖެހޭ ފައިސާ އެއްކޮށްދީފައި ނުވާތީއެވެ.

ހުކުމްގައިވާގޮތުން މާލޭ ސިޓީ ކައުންސިލުން ނުދީ ހިފެހެއްޓީ 125،841.48 ރުފިޔާ އެވެ. އެ ފައިސާގެ އިތުރުން ޝަރީއަތުގެ ހަރަދުގެ ގޮތުގައި 25،000 ރުފިޔާ އެ ކުންފުންޏަށް ދިނުމަށް އެ ހުކުމްގައި އަންގާފައިވެއެވެ.

އެ ފައިސާ އެ ކުންފުންޏަށް ލިބިދިނުމުގެ ގޮތުން 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް އެ ފައިސާ ދައްކައި ހަލާސްކުރަން ސިޓީ ކައުންސިލަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތައިލެންޑުގެ އައު ބޮޑުވަޒީރުގެ މަޤާމަށް އަނުތިން ޗާންވިރަކުލް

ރިސޯޓެއްގައި ނިޔާވި އަދީލް އޮޓޮޕްސީ ހެދުމަށް ފަހު ވަޅުލައިފި

މަސްތުވާތަކެއްޗާއެކު މުލިން ޒުވާނަކު ހައްޔަރުކޮށްފި

mwsc matheen

އެމްޑަބްލިޔުއެސްސީއަށް ޑޮލަރު ހޯދަން ފަތުރުވެރިކަމުގެ ސިނާއަތާ ގުޅިގެން މަސައްކަތް ކުރަން ނިންމައިފި

ELL Mobile Advertisement TTH_advertisement