ކުއްލި ޚަބަރު

ތުޅާދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

އެމްޑީޕީ ސަރުކާރުން ވަޒީފާއިން ވަކިކުރި ޖަމްޝީދާއި އަހްމަދު މުހައްމަދަށް ފުލުހުންގެ ވަޒީފާ ދީފި

ދެ ރަށެއްގައި ކުނި މެނޭޖްކުރާ ސެންޓަރުތައް އަޅަން ހަވާލުކޮށްފި

ދެ ރަށެއްގައި ކުނި މެނޭޖްކުރާ ސެންޓަރުތައް އަޅަން ހަވާލުކޮށްފި

Whatsapp image 2025 09 03 at 20.07.25

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭ.ޑީ.ބީ)ގެ ހިލޭ އެހީއާއި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ދެ ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތަކެއް ގާއިމުކުރުމަށް ހަވާލުކޮށްފިއެވެ.

ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓަ އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް އިން ވ. ތިނަދޫ އާއި ވ. ފެލިދޫގައި ކުނި މެނޭޖްކުރާ މަރުކަޒުތަކެއް ގާއިމުކުރުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓާއި މިމަސައްކަތުގެ ކޮންޓްރެކްޓަރުންނާއި ދެމެދު އެއްބަސްވުންތަކުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

އެގޮތުން ވ. ތިނަދޫ އާއި ވ. ފެލިދޫގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމަށް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށް ވީ އަވަރ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. މިދެ އެއްބަސްވުމުގެ ޖުމްލަ އަގަކީ 3,835,321.49ރ އެވެ.

ސާފުރާއްޖެ ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އަހްމަދު ނިޒާމެވެ. އަދި މަސައްކަތް ހަވާލުކުރެވުނު ކުންފުނިތަކުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެކުންފުނިތަކުގެ އިސްވެރިންނެވެ.

މިދެ ރަށުގެ ކުނި މެނޭޖްކުރާ މަރުކަޒުތަށް ގާއިމުކުރުމުގެ މަސައްކަތް މިއަދު ހަވާލުކުރިނަމަވެސް ކުނި މެނޭޖްކުރުމަށް މިރަށްރަށަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްތައް މިނިސްޓްރީންވަނީ މީގެކުރިން މިރަށްރަށުގެ ކައުންސިލްތަކާއި ހަވާލުކޮށްފައެވެ. އެގޮތުން މީގެ ތެރޭގައި ރަށުތެރޭ ކުނިއުފުލަން ބޭނުންކުރާ ވެހިކަލްގެ އިތުރުން ދަޅުފިއްޔާ މެޝިނާއި ވުޑް ޗިޕަރ ހިމެނޭކަމުގައި ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

macl

ނޮޅިވަރަމް ސްޕޯޓްސް ކޮމްޕެލްކްސްގެ އެއްބަސްވުމުގައި ސޮއިކޮށް، ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

B 202509030730381756909838.3502

މޯލްޑިވިއަންގެ ދަތުރުތަކުގައި ލުއިކާނާ ވިއްކަން ފަށައިފި

112

ތުޅާދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

112

އެމްޑީޕީ ސަރުކާރުން ވަޒީފާއިން ވަކިކުރި ޖަމްޝީދާއި އަހްމަދު މުހައްމަދަށް ފުލުހުންގެ ވަޒީފާ ދީފި

TTH_advertisement ELL Mobile Advertisement