ކުއްލި ޚަބަރު

އައްޑޫސިޓީ ހިތަދޫގައި “ސްކޫޕު” ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން އެދިއްޖެ

ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

“ބޯހިޔާވަހިކަން އެންމެނަށް” ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

މޯލްޑިވިއަނުން ކަމަދޫއަށް ސީޕްލޭން ދަތުރުތައް މި މަހު ފަށަނީ

Maldivian

ޤައުމީ އެއާލައިން މޯލްޑިވިއަނުން ބ. ކަމަދޫއަށް ސީޕްލޭން ދަތުރުތައް ފަށަން ނިންމައި އެކަން އިއުލާނުކޮށްފިއެވެ.

ކަމަދޫއަށް ސީޕްލޭން ދަތުރުތައް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެމަނިކުފާނު ކަމަދޫއަށް ވަޑައިގެން އެކަން އިއުލާނުކުރެއްވީ 2025 އޮގަސްޓް 11 ވަނަ ދުވަހެވެ.

ކަމަދޫއަށް ސީޕްލޭން ދަތުރުތައް ކުރުމަށް މޯލްޑިވިއަންއާއި ހޯކްސް ހޮޓެލްސް ސޮއިކުރީ އޮގަސްޓް 11 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަދޫ ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގައެވެ.

މޯލްޑިިވިއަނުން މިއަދު މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓުގައި ބުނީ، ކަމަދޫއަށް ސީޕްލޭން ދަތުރުތައް ފަށާނީ ސެޕްޓެމްބަރު 11 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެ ދަތުރުތައް ކުރާނީ ކޮންމެ ހޮނިހިރު އަދި ބުރާސްފަތި ދުވަހަކުއެވެ.

ދިވެހީންނަށް އެއްކޮޅު ހާއްސަ އަގެއްގެ ގޮތުގައި 1199 ރުފިޔާ ކަނޑައަޅާފައިވާކަމަށް ވެސް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

ކަމަދޫއަކީ ބ. އަތޮޅުގައި އެންމެ ފުޅާކޮށް ގެސްޓްހައުސްގެ ވިޔަފާރި ކުރަމުން އަންނަ އެއް ރަށެވެ. އެރަށުގައި މިހާރުވެސް 13 ގެސްޓްހައުސް އޮޕަރޭޓްކުރެއެވެ. އަދި، އިތުރު ގެސްޓްހައުސްތައް އޮޕަރޭޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ގުދުރަތީ ހިތްގައިމުކަން ލިބިފައިވާ ކަމަދޫއަކީ ގިނަ ދިވެހިންވެސް ޗުއްޓީތަކުގައި ޒިޔާރަތްކުރާ ރަށެކެވެ. ގެސްޓްހައުސް ވިޔަފާރި ފުޅާވަމުން އަންނަ އެރަށަށް ސީޕްލޭން ދަތުރުތައް ފެށުމާއެކު، އެ ވިޔަފާރިއަށް އިތުރު ކުރިއެރުން ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ތޮއްޑޫއަށް ފަށަނީ

މޯލްޑިވިއަނުން ޑާކާއަށް އަލުން ދަތުރުތައް ފެށުމަށް ނިންމައިފި

ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓް ފްލައިޓް ޖައްސައިފި

B 202507231026431753248403.0421

މޯލްޑިވިއަނުން ޖިއްދާއަށް 20 ފްލައިޓް

TTH_advertisement