ކުއްލި ޚަބަރު

ދެ ރަށެއްގައި ކުނި މެނޭޖްކުރާ ސެންޓަރުތައް އަޅަން ހަވާލުކޮށްފި

ބިލެތްދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އެސްޑީއެފްސީގެ ޗެއާޕާސަން ކަމަށް ޝަރީފް

ފަލަސްތީނު ޓީމަށް ރާއްޖޭގައި ކޭމްޕް ކުރުމުގެ ފުރުސަތު ވަޒީރު ރާފިއު ހަމަޖައްސަވައިދެއްވައިފި

11

ފަލަސްތީނުގެ 17 އަހަރުންދަށުގެ ޤައުމީ ފުޓްބޯޅަ ޓީމު ރާއްޖޭގައި ކޭމްޕް ކުރުމުގެ ފުރުސަތު ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ހަމަޖައްސަވައިދެއްވައިފިއެވެ.

‎ވަޒީރު ރާފިއު ވަނީ މިކަމާ ގުޅޭ ގޮތުން އެފްއޭއެމްއެގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.

‎މި ބައްދަލުކުރެއްވުމުގައި އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ ޤައުމީ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމުގެ މަގު ފަހިކޮށްދިނުމަށްވަނީ ނިންމާފައެވެ. އަދި ފަލަސްތީނު ޓީމުގެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ވަޒީރު ވަނީ އެފްއޭއެމްގެ ރައީސް އަހުމަދު ޠާރިޤާއި އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލް ޒަރީރް އާއި މަޝްވަރާ ކުރައްވާފައެވެ.

‎މިއީ ފަލަސްތީނާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަވެ، ކުޅިވަރުގެ ކަންކަމުގައި ފަލަސްތީނަށް އެހީވުމަށްޓަކައި ނިންމެވި މުހިންމު ނިންމުމެއް ކަމަށް ކުޅިވަރު ވުޒާރާއިން ބުނެއެވެ.
ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ދިވެހިރާއްޖޭގައި ކޭމްޕުކުރަން ނިންމީ ހަނގުރާމައިގެ ސަބަބުން ފުޓްބޯޅަ ކުޅޭނެ މާހައުލެއް ނެތުމުންނެވެ.

ފަލަސްތީނުގެ ފުޓްބޯޅަ ފެޑަރޭޝަނުން އެ ގައުމުގެ ޓީމު ރާއްޖޭގައި ކޭމްޕުކުރުމަށް އެދިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 8 އިން 19 އަށެވެ. ރާއްޖޭގައި ކޭމްޕުކޮށްގެން ތިބޭއިރު ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާއެކު ފަލަސްތީނު ޓީމުން އެކުވެރިކަމުގެ ދެ މެޗު ކުޅުމަށްވަނީ ނިންމާފައެވެ.

ފަލަސްތީނުގެ މި ޓީމު ތައްޔާރުވަމުން ދަނީ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމަށެވެ. މި ކޮލިފައިންގައި ރާއްޖެވެސް ވާދަކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whatsapp image 2025 09 03 at 20.07.25

ދެ ރަށެއްގައި ކުނި މެނޭޖްކުރާ ސެންޓަރުތައް އަޅަން ހަވާލުކޮށްފި

112

ބިލެތްދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

11

އެސްޑީއެފްސީގެ ޗެއާޕާސަން ކަމަށް ޝަރީފް

112

އެސްޑީއެފްސީގެ އެމްޑީ ކަމަށް ބަދުރުއްދީން ހަސަން

TTH_advertisement ELL Mobile Advertisement