ކުއްލި ޚަބަރު

ވިލިމާލޭ މާރުކޭޓް ހެދި ކުންފުންޏަށް ނުދައްކާހުރި ފައިސާ ދައްކަން ހުކުމްކޮށްފި

މިއަދުވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ

ތުޅާދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

ލޯކަލް ޓޫރިޒަމަށް އެހީވުމަށް މޯލްޑިވިއަނުން އެފްއައިޓީގެ އަގު ހެޔޮކޮށްފި

maldivian

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ލޯކަލް ޓޫރިޒަމަށް އެހީވުމުގެ ގޮތުން ފަތުރުވެރިންނަށް ފްރީ އިންޑިޕެންޑެންޓް ޓްރެވަލަސް (އެފްއައިޓީ) ގެ އަގު ހެޔޮކުރަން ނިންމައިފިއެވެ.

މޯލްޑިވިއަން އިން މިއަދު ބުނީ ލޯކަލް ޓޫރިޒަމަށް އެހީވުމުގެ ގޮތުން ފަތުރުވެރިންނަށް އެފްއައިޓީގެ އަގުތައް އެވްރެޖްކޮށް 15 ޕަސެންޓް އަގު ހެޔޮ ކުރެވޭނެ ކަމަށެވެ.

މޯލްޑިވިއަން އިން ބުނީ، އެފްއައިޓީ އަގު ހެޔޮ ކުރަނީ އެތެރޭގެ ދަތުރުތައް އަގުހެޔޮކޮށް، ފަތުރުވެރިކަމަށް ހިތްވަރުދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދިވެހި މުޖުތަމައުތަކަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް އިގުތިސޯދީ ގޮތުން ބޮޑެތި ފައިދާތަކެއް ހޯދައިދިނުމަށް ކަމަށެވެ.

އެފްއައިޓީގެ އަގު ހެޔޮކުރާނީ މިއަދުން ފެށިގެން އަންނަ ނޮވެމްބަރު މަހާ ހަމައަށް ކުރާ ދަތުރުތަކަށް ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވި ގޮތުގައި އެ އިނީޝިއޭޓިވްގެ ސަބަބުން ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ސަބަބުން ދަތުރުވެރިންނަށް އިތުރު އަގުތަކެއް ލިބިގެންދާ ކަމައެވެ.

މޯލްޑިވިއަނުން ލޯކަލް ޓޫރިޒަމަށް އެހީވުމުގެ ގޮތުން ރިސޯޓްތަކާއި ގެސްޓްހައުސްތައް ހިމެނޭ ގޮތަށް ލޯކަލް ޓޫރިޒަމް ވިޔަފާރިތަކަށް ހާއްސަ ކޯޕަރޭޓް ރޭޓްތަކެއް ވެސް ދެއެވެ. ކޯޕަރޭޓް ރޭޓްތަކާ ބެހޭ ގޮތުން އޮޅުންފިލުވުމަށް [email protected] މެއިލްކޮށް މައުލޫމާތު ސާފުކުރުން މޯލްޑިވިއަނުން އެދެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ޑޮމެސްޓިކް ނެޓްވޯކާއެކު މޯލްޑިވިއަނުން ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކުން ފެށިގެން އެންމެ ދެކުނުގެ 17 މަންޒިލަކަށް ދަތުރުތައް ކުރެއެވެ.

މޯލްޑިވިއަންގެ ރަސްމީ ވެބްސައިޓް ކަމަށްވާ www.maldivian.aero މެދުވެރިކޮށް، [email protected] އީމެއިލް ކޮށްގެން، އޮންލައިން ޓްރެވަލް އެޖެންސީ (އޯޓީއޭ) މެދުވެރިކޮށް އަދި މޯލްޑިވިއަންގެ ޕެސެންޖާ ސޭލްސް އެޖެންޓްސް (ޕީއެސްއޭ) މެދުވެރިކޮށް ޓިކެޓް ގަނެވޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big 8lju7h3hq9zqun2oytmtyoxd2

ސީއެޗްއެސްއީ ދަރިވަރުންނަށް ކެރިއާ ގައިޑެންސް ޕްރޮގްރާމެއް ބާއްވައިފި

112

ވިލިމާލޭ މާރުކޭޓް ހެދި ކުންފުންޏަށް ނުދައްކާހުރި ފައިސާ ދައްކަން ހުކުމްކޮށްފި

immigration

މިއަދުވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ

B 202509030730381756909838.3502

މޯލްޑިވިއަންގެ ދަތުރުތަކުގައި ލުއިކާނާ ވިއްކަން ފަށައިފި

TTH_advertisement ELL Mobile Advertisement