ކުއްލި ޚަބަރު

ވިލިމާލޭ މާރުކޭޓް ހެދި ކުންފުންޏަށް ނުދައްކާހުރި ފައިސާ ދައްކަން ހުކުމްކޮށްފި

މިއަދުވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ

ތުޅާދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

މޯލްޑިވިއަން އިން ދަތުރުކުރާ ފަތުރުވެރިންނަށް އެފް.އައި.ޓީ ޓިކެޓްތަކުގެ އަގު ކުޑަކުރަނީ

maldivian

ޓޫރިޒަމް އިންޑަސްޓްރީއަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން އިން، ފަތުރުވެރިންނަށް އެފް.އައި.ޓީ ޓިކެޓްތަކުގެ އަގު ކުޑަކުރާ ކަމަށް އިޢުލާނުކޮށްފިއެވެ. ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް މިބަދަލާއިއެކު މިހާރުގެ އަގުތަކާ އަޅާބަލާއިރު އެވްރެޖްކޮށް 15% އަގު ކުޑަކުރެވޭނެއެވެ. މިބަދަލް ފަރުމާކުރެވިފައިވަނީ ފްރީ އިންޑިޕެންޑެންޓް ޓްރެވެލަރުންނަށް (އެފް.އައި.ޓީ) އެތެރޭގެ ދަތުރުތައް އަގުހެޔޮކޮށް ފޯރުކޮށްދިނުމަށާއި، އަދި ހަމައެއާއެކު ޓޫރިޒަމް ކުރިއެރުވުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށާއި މުޅި ޓޫރިޒަމް ދާއިރާއަށް އިޤްތިޞާދީ ގޮތުން ފައިދާތަކެއް ހޯދައިދިނުމަށެވެ. މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިލްޔާސް ވިދާޅުވީ:

“މިއީ އަޅުގަނޑުމެންގެ ޕެސެންޖަރުންނަށް އިތުރު ހެޔޮއަގު ހޯދައިދިނުމާއެކު، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އެހީތެރިވުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް. ދިވެހިރާއްޖޭގެ ރަށްތަކަށް ވާސިލުވުމުގެ މަގު ކަމުގައިވާ މޯލްޑިވިއަން އިން، ދަތުރުވެރިން ރާއްޖޭގެ ރަށްރަށަށް ގުޅުވައިދިނުމަށްޓަކައި ކުރާ މަސައްކަތާމެދު އަޅުގަނޑުމެން ފަޚުރުވެރިވަން. އަގުހެޔޮ ޓިކެޓްތައް ތަޢާރަފުކޮށް، ދަތުރުފަތުރުގެ ފަސޭހަކަން އިތުރުކުރުމުގެ ސަބަބުން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޓޫރިޒަމްގެ ފައިދާ ފެތުރުމަށް އަޅުގަނޑުމެން މިދަނީ އެހީތެރިވެދެމުން”

މީގެ އިތުރުން، މޯލްޑިވިއަން އިން މިހާރުވެސް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އެހީތެރިވުމުގެ ގޮތުން ރިސޯޓުތަކާއި ގެސްޓްހައުސްތައް ހިމެނޭގޮތަށް ރާއްޖޭގެ ޓޫރިޒަމް ވިޔަފާރިތަކަށް ޚާއްޞަ ކޯޕަރޭޓް ރޭޓްތަކެއް ފޯރުކޮށްދެއެވެ. ކޯޕަރޭޓް ރޭޓްތަކާ ބެހޭ މަޢުލޫމާތު ހޯދުމަށް [email protected] އަށް އީމެއިލް ކުރެއްވުމަށް އެކުންފުނިން އިރުޝާދު ދެއެވެ.

ރާއްޖޭގައި އެންމެ ގިނަ އެތެރޭގެ ވައިގެ ދަތުރުތައް ކުރާ ނެޓްވޯކް އޮތް ފަރާތަކީ މޯލްޑިވިއަން އެވެ. މޯލްޑިވިއަން އިން ރާއްޖޭގެ އެންމެ އުތުރުން ފެށިގެން އެންމެ ދެކުނާ ހަމައަށް 17 މަންޒިލަކަށް މިހާރުވެސް ދަތުރުކުރެއެވެ. މިގޮތުން ދަތުރުވެރިންނަށް ރާއްޖޭގެ އެންމެ ރީތި އަދި ޘަޤާފީ ގޮތުން މުއްސަނދި ތަންތަނަށް ދަތުރުކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big 8lju7h3hq9zqun2oytmtyoxd2

ސީއެޗްއެސްއީ ދަރިވަރުންނަށް ކެރިއާ ގައިޑެންސް ޕްރޮގްރާމެއް ބާއްވައިފި

moosun

ދެކުނުގެ އަތޮޅުތަކަށް މިއަދު ވިއްސާރަކުރުމާއެކު ގުގުރާނެ: މެޓް

112

ވިލިމާލޭ މާރުކޭޓް ހެދި ކުންފުންޏަށް ނުދައްކާހުރި ފައިސާ ދައްކަން ހުކުމްކޮށްފި

ގުޅިފަޅުން ލިބުނު ގޯތި އިން ވަކިކޮށް ކަޑަޖެހުމުގެ މަސައްކަތް ފަށައިފި

ELL Mobile Advertisement TTH_advertisement