ކުއްލި ޚަބަރު

މާލޭގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓް އާދަމް އާޒިމް ކަށަވަރުކުރައްވައިފި

ރައީސް ޑޯޕިންގ އެޖެންސީ އުފައްދަވައިފި

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މިހާތަނަށް ރާއްޖޭގައި އިންޖިނިއަރުންގެ ހިއްސާ ފާހަގަކުރެވިފައެއް ނެތް: މިނިސްޓަރު

66

ރާއްޖެ ތަރައްޤީވެގެން މިހާހިސާބަށް އައި އިރު އިންޖިނިއަރުންގެ ހިއްސާ ފާހަގަކުރެވިފައެއް ނެތް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ އިންޖިނޭރުން ޤައުމަށް ކޮށްދެއްވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، 2026 ވަނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑް، ސަރުކާރުން ދެއްވަން ފައްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވާތީ އެކަމަށް އިޝާރާތްކޮށެވެ.

އެކްސްގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ ޤައުމީ ފެންވަރުގައި އިންޖިނިއަރިން ދުވަހެއް ފާހަގަކުރުމަށް ނިންމީ ރާއްޖެ ތަރައްޤީވެ ކުރިއަރައިގެން މިހާހިސާބަށް އައި އިރު، އިންޖިނިއަރުންގެ ހިއްސާ އެކަށީގެންވާ ގޮތެއްގައި ފާހަގަކުރެވިފައި ނެތުމުން އެކަމަށް ހިތްވަރުދިނުމުގެ ގޮތުން ކަމަށެވެ.

”އަލަށް މަދުރަސީ ދައުރު ނިންމައި މަތީތައުލީމަށްދާ ދަރިވަރުންގެ މެދުގައި އިންޖިނިއަރިންގެ ދާއިރާއިން ކުރިއަށްދިއުމުގެ ޝައުގުވެރިކަން ކުޑަކަމަށް ސަރުކާރަށް ފާހަގަކުރެވޭ. އެގޮތުން އެކަމަށް ހިތްވަރުދީ އިންޖިނިއަރިން ދާއިރާ ކުރިއެރުވުމަކީވެސް އެކަންކުރަން ނިންމި މައިގަނޑު އެއް ސަބަބު“  މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ރާއްޖެ މިހާހިސާބަށް އައުމުގައި އެކިއެކި ދާއިރާތަކުގެ އިންޖިނިއަރުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރެވޭ ކަމަށްވެސް ވިދާޅުވެފައެވެ.

މިގޮތުން އިމާރާތްކުރުމުގެ ދާއިރާގެ އިތުރުން މެކޭނިކަލް އިންޖިނިއަރިންނާއި، އެރޮނޯޓިކަލް އިންޖިނިއަރިްނގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ އިންޖިނިއަރުންގެ މަސައްކަތްތައް ފާހަގަކުރަަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ، ”ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް“ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

ގިރާވަރުފަޅުން ދޫކުރި ގޯތީގެ ތެރެއިން 1،114 ގޯތި ގުޅިފަޅަށް ބަދަލުކޮށްފި

446256 b5413f5f 6

ބްރިޖުން ގުޅުވާލިޔަސް ވިލިމާލޭގައި ވިލިމާލޭގައި އިންޖީނުލީ އުޅަނދު ދުއްވުމުގެ ހުއްދައެއް ނުދޭނަން: މުއްތަލިބު

Ii

އެންމެންނަށް ބޯހިޔާވަހިކަން ސިޔާސަތު އިފްތިތާހުކޮށްފި

112

ސޯޝަލް ހައުސިންގެ ހުރިހާ ފްލެޓްތައް ބަލައި ފާސްކުރަން ވަރަށް އަވަހަށް ފަށާނަން: މުއްތަލިބު

TTH_advertisement