ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގަންނަވަނީ

112

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޗައިނާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގަންނަވަނީ އެ ގައުމުން ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަޕާނުގެ މައްޗަށް ނަސްރު ހޯދި ހޯދުމަށް 80 އަހަރު ފާހަގަކުރުމަށް އަންނަ މަހު ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އަންނަ މަހު ތިނެއްގައި ފަށާ އެ ރަސްމިއްޔާތުގައި ދުނިޔޭގެ 26 ގައުމެއްގެ ލީޑަރުން ބައިވެރިވާނެ ކަމަށް ޗައިނާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

އޭގެ ތެރޭފައި ރަޝިއާގެ ރައީސް ވުލަޑިމިއާ ޕޫޓިން، ދެކުނު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގުވެސް ހިމެނިވަޑައިގަންނަވައެވެ.

މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ޗައިނާއަށް ކުރައްވާ ރަސްމީ ދެވަނަ ދަތުރުފުޅަށް ވެގެންދާނެ އެވެ.

އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވެސް އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ ވެސް ޗައިނާ އަށެވެ.

ހުޅުލެ އާއި މާލެއާ ދެމެދު ގާއިމްކޮށްފައިވާ ބްރިޖާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ ރަމްޒެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް