މާލެއެކޭ އެއްގޮތަށް އަތޮޅުތަކުގެ ރަށްތަކުގައި އޭޓީއެމް ބަހައްޓާތީ ރައްޔިތުން އެކަން އުފަލާއެކު ބަލައިގަންނަ ކަމަށް ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ އެތައްގޮތަކުން ބޭނުންްތެރި ކަމެއް ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާއެއްގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ބާރު ސްޕީޑުގައި ދަނީ ކުރިއަށެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމެންވާއިރަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމެވެ.
މިހާރު އޭޓީއެމް ހުރި ބައެއް ރަށްރަށުގައި ޑޮލަރު އޭޓީއެމްތައް ވެސް އަންނަނީ ބަހައްޓަމުންނެވެ.
މިހާރު ރައީސް މުއިއްޒު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގައި އޭޓީއެމް ނެތް ރަށުގައި އޭޓީއެމްގެ ޚިދުމަތް އަންނަނީ ފައްޓަވައިދެއްވަމުންނެވެ. އެކަމަށްޓަކައި އެ ރަށްރަށުގެ ރައްޔިތުން އަންނަނީ އެމަނިކުފާނަށް ޝުކުރު އަދާކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު