ކުއްލި ޚަބަރު

އަބްދުއްރަހްމާންގެ މަރުގެ މައްސަލައިގާ ތިން މީހަކު ހައްޔަރުކޮށްފި

އއ. އަތޮޅު ހޮސްޕިޓަލްގައި ޑައިލިސިސް ޚިދުމަތް ފަށައިފި

އުކުޅަހަކީ ވަރަށް މަސައްކަތްތެރި، އެކިއެކި ދާއިރާތަކުން ހީވާގިކަމާއެކު މަސައްކަތްކުރާ، ލާމަސީލު ރައްޔިތަކު ދިރިއުޅޭ ރަށެއް: ރައީސް

އުކުޅަހު ސްކޫލު އޮފީހުގެ އައު އިމާރާތުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ޙަވާލުކޮށްފި

އއ. އުކުޅަހު ސްކޫލުގައި އޮފީސް އިމާރާތެއް ޤާއިމްކުރަމުގެ މަޝްރޫޢު ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ފަހި ދިރިއުޅުން ކޯޕަރޭޝަނާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.

އުކުޅަހަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އުކުޅަހު ސްކޫލުގައި އައު އޮފީސް އިމާރާތެއް ޤާއިމްކުރެވިގެންދިއުމަކީ އެރަށް ނުހަނު ބޭނުންވެފައިވާކަމައްކަމަށް ޤަބޫލުކުރައްވާކަމަށެވެ.

” އުކުޅަހު ސްކޫލުގައި އޮފީސް އިމާރާތެއް އެޅުމަށް މިރޭ ި ސޮއިކުރެވިގެންދިޔަ އެއްބަސްވުމަކީވެސް މި ރަށަށް ވަރަށް ބޭނުންތެރި މަޝްރޫޢެއް، މި މަޝްރޫޢު ނިމުމާއެކު، ތަޢުލީމީ ކަންކަމަށް، ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް، އަދި ވަކިން ޚާއްސަކޮށް ޓީޗަރުންނާއި، ސްކޫލުގެ އެންމެއި މުވައްޒަފުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ”. ރައީސް

އުކުޅަހު ސްކޫލުގައި އޮފީސް އިމާރާތެއް ޤާއިމްކުރުމާއި ގުޅޭ މި އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަަރާތުން ސޮއިކުރެއްވީ، ވަޒީރު ޑރ.އިސްމާއީލު ޝަފީއުއެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ރައްޒާންއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބަޓޫމީ ކަޕު ޔޫތު އިންޓަނޭޝަނަލް 2025 ގައި ވާދަކުރުމަށް ލައިބާ ޖޯޖިއާއަށް

Img 2829

ރައީސް އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

67c6a57528bf71741071733

ގުރޫޕެއް މެދުވެރިނޮކޮށް އަމިއްލައަށް ސަޢުދީ ޢަރަބިއްޔާއަށް ގޮސް ޢުމްރާ ކުރެވޭ ޚިދުމަތް ފަށައިފި

ސަލްޓަން ޕާރކް އަލުން ތަރައްޤީކުރުމަށް ބަންދުކޮށްފި

TTH_advertisement ELL Mobile Advertisement