ކުއްލި ޚަބަރު

ތޮއްޑޫގައި ހޮސްޕިޓަލެއް ތަރައްގީކުރަން ރައީސް ނިންމަވައިފި

މިއަދާއި މާދަމާ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް

އަތޮޅު ކައުންސިލްތައް އުވާލައި، ޤާނޫނަށް އިތުރު އިސްލާހުތައް ގެންނަނީ

ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ބަދަލުކުރަނީ

މާލޭ އުތުރު ފަރާތު އެއްގަމު ތޮށި ބޭރަށް ޖައްސައި ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަކަށް ބަދަލުކުރުމުގެ މަސަައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

ހައުސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ރޭ ވިދާޅުވީ، މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު 4 ލޭނުގެ މަގަކަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

އަދި އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ރަސްމީ ފާލަމާއި ލޯކަލް މާރުކޭޓާ ދެމެދުގައިވާ ސަރަޙައްދުން ބައެއް ބަންދުކޮށް ޓްރެފިކް ރޫޓަށް ބަދަލު ގެނެސް ފައިވާ ކަމަށް މުއްޠަލިބް ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން އެ ސަރަޙައްދުގެ ފަޅު ހުސްކޮށް އުޅަނދުތަކަށް ބޭނުން ނުކުރެވޭ ގޮތަށް މިހާރު ބަންދު ކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މާލޭ އުތުރު ފަރާތު އެއްގަމު ތޮށި ބޭރަށް ޖައްސައި ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަކަށް ބަދަލުކޮށް، ތާރު އަޅައިގެން އެމަގު ތަރައްގީ ކުރުމުގެ މަސައްކަތް މި އަހަރުގެ އޭޕްރީލް މަހު ސަރުކާރުން ޙަވާލުކުރީ އެމްޓީސީސީއަށެވެ.

އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ފެން ހިންދާ ނިޒާމާއި ދުވާރާއި، ރޯޑް މާކިން އަދި ސައިން ބޯޑު ހަރުކުރުން ހިމެނޭ ގޮތަށް 144 މިލިއަން ރުފިޔާއަށް، 455 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

414874 e950498c 3

ތޮއްޑޫގައި ހޮސްޕިޓަލެއް ތަރައްގީކުރަން ރައީސް ނިންމަވައިފި

Big

މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލައިފި

ޒަކާތާގުޅޭ މޯބައިލް އެޕްލިކޭޝަނެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ

ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތޮއްޑޫގައި ފަށައިފި

TTH_advertisement ELL Mobile Advertisement