ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެނަކައިން ހިންގި ބޮޑު ޚިޔާނާތް ބަލާ އިހްމާލުވި ފަރާތްތަކަށް އަވަސް ފިޔަވަޅު އަޅަން ޖެހޭ: މުއްތަލިބް

muthalib
STO_Ads
TTH_Ads
Advertisement

ރަށްރަށުގައި ފެނާއި ނަރުދަމާ އެޅުމުގެ ނަމުގައި ފެނަކަ ކޯޕަރޭޝަނުން ހިންގި ޚިޔާނާތުގެ ސަބަބުން އެފަދަ ބައެއް މަޝްރޫޢުތައް ހިންގުމަށް އިތުރަށް އެތައް ޚަރަދެއް ކުރަން ޖެހި ރައްޔިތުންނަށް އެ ޙިދުމަތް ނުލިބި އެޔައް އަހަރެއް ވެގެން ގޮސްފައިވާތީ އެކަން ބަލާ އިހްމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އަދި އިންްފްރާސްޓްރަކްޗާރ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގަ އެވެ. މިނިސްޓަރު މިހެން ވިދާޅުވިއިރު ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ ބޮޑު ޚިޔާނާތް, އޮޑިޓަރު ޖެނެރަލް ނެރުއްވި އެ ކުންފުނީގެ ޚާއްސަ އޮޑިޓުން ވަނީ ހާމަވެފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓްގައި މިނިސްޓަރު ވިދާޅުވީ 20 ރަށެއްގައި ފެނާއި ނަރުދަމާ އެޅުމަށް ފެނަކައާ ސަރުކާރުން ޙަވާލުކުރި އަގަށްވުރެ ބޮޑުކޮށް ސަބް ކޮންޓްރެކްޓްކޮށްފައި ވަނީ މާލިއްޔަތު ޤަވާޢިދުގެ ދަށުން ނަގަންޖެހޭ ހުއްދަ ނެގުމެއްނެތި ކަމަށެވެ.

HajjCop_ads
Advertisement

މިކަމުގެ ސަބަބުން ފެނަކައަށް އެތައް ސަތޭކަ މިލިއަން ރުފިޔާގެ ގެއްލުންވުމުގެ އިތުރަށް އެ ޕްރޮޖެކްޓްތައް ހިންގުމަށް އިތުރަށް ޚަރަދުކުރަން ޖެހިފައިވާ ކަމަށެވެ. އަދި 20 ރަށެއްގެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ނުލިބި އެތައް އަހަރެއް ވެގެން ގޮސްފައިވުމަކީ އެކަން ބަލައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅެންޖެހޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެމްޑީޕީގެ ދެވަނަ ވެރިކަން — ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުގައި އެންމެ ބޮޑު ޚިޔާނާތް ހިންގި ކަމަށް ކުރީން ވެސް ބެލެވިފައި އޮތީ ފެނަކަ އިންނެވެ. އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި މިއީ ދައުލަތުގެ ކުންފުންޏަކުން މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ވައްކަމެވެ. އެންމެ ބޮޑު ޚިޔާނާތެވެ. ފެނަކައިގެ މި ޚިޔާނާތް އެމްއެމްޕީއާރުސީގެ ޚިޔާނާތާއި އެފްޕީއައިޑީގެ ޚިޔާނާތަށް ވުރެ ވެސް ބޮޑެވެ.

ފެނަކައިގެ ޚިޔާނާތް ކުރުކޮށް

* އޮޑިޓަށް ސާބިތުވާ ޚިޔާނާތް 2.2 ބިލިއަން ރުފިޔާއަށް ވުރެ މަތި

* އެމްޑީޕީ ސަރުކާރުގައި ފެނަކައިން 674 އެއްބަސްވުން އެކި ފަރާތްތަކާ މަޝްރޫޢުތައް ހަވާލުކުރުމަށް ކުރިއިރު އޭގެ ތެރޭގައި ގިނައީ ބިޑަކަށް ނުލާ ހަވާލުކުރި މަޝްރޫޢު

* ހަމައެކަނި ކަރަންޓު ކޭބަލް ގަތުމަށްވެސް 790 މިލިއަން ރުފިޔާގެ ވައްކަން

* ޖަނަރޭޓަރު ސެޓު ގަތުމުގެ ނަމުގައި 552 މިލިއަން ރުފިޔާގެ ވައްކަން

* ޓްރާންސްފޯމަރު ގަތުމުގެ ނަމުގައި 396 މިލިއަން ރުފިޔާގެ ވައްކަން

* ފެނާއި ނަރުދަމާ މަޝްރޫޢު ހިންގުމުގެ ނަމުގައި 496 މިލިއަން ރުފިޔާގެ ވައްކަން

އެހެން ކަމުން އެމްޑީޕީ ވެރިކަމުގައި 2018 ން 2023 ށް ހިންގި ވައްކަމާ ޚިޔާނާތް، މި ވޭތުވި 100 އަހަރު ފަޅާއެރި އެހެން ޚިޔާނާތްތަކާ ނުބައްދަލު ވަރަށް ބޮޑުވާނެކަން ބެލެވެ އެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Img md 202607311259421785484782.1493

ފުވައްމުލައް ސިޓީގެ ކަރަންޓާއި ކުނީގެ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

dr muthalib

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކަށް ބޯހިޔާވަހިކަމުގެ އާ ފުރުސަތުތައް ހޯދައިދޭން މަސައްކަތް ކުރާނަން: މުއްޠަލިބް

ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް މިއަހަރު 21 ރަށަކަށް ޖެންސެޓް ފޮނުވައިފި

dr muthalib

ހިޔާ ވަހި ފައިނޭންސް ސްކީމްގެ ދަށުން އެއް ބިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފި